ޝަރުޢީ ދާއިރާ

ޔާމީން ރަޝީދުގެ މަރު: ދިފާއުއިން ބުނަނީ ހެކި އުފައްދައިފައިވާ ކަމަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރަހުމު ކުޑަ ގޮތަކަށް މަރައިލި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހަޅައިފައިވާ ބައެއް ސިއްރު ހެކިތަކަކީ އުފައްދައިފައިވާ ހެކިތަކެއް ކަމަށް މި މައްސަލައިގައި ދައުވާ އުފުލައިފައިވާ ތިން މީހެއްގެ ދިފާއީ ވަކީލު ، އަހުމަދު ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލައިފައި ވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒްގެ އިތުރުން ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މި މައްސަލައާ ގުޅޭގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަހާ ބެހޭ ގޮތުން ވަކީލު ވާހަކަދައްކައިފައި ވަނީ ހައިޝަމާއި ޒިހާން އަދި ޝިފާޒްގެ ފަރާތުންނެވެ. ދައުވާ ލިބޭ އަނެއް ތިން މީހުންނާއި ދައުލަތުގެ ފަރާތުން ވަނީ ހެއްކާ ބެހޭ ގޮތުން މީގެ ކުރިން ވާހަކަ ދައްކައި ނިންމައިފައެވެ.

ހައިޝަމް، ޒިހާން އަދި ޝިފާޒްގެ ދިފާއީ ވަކީލް ޔާމީން މިއަދު ވިދާޅުވީ ފުރަތަމަ ސިއްރު ހެކިވެރިޔާއާ ދިފާއުން ގިނަ ސުވާލުތަކެއް ކުރި ކަމަށެވެ. ނަމަވެސް އެމީހުން ބައެއް ސުވާލުތަކަށް ޖަވާބު ދޭން އިންކަރުކޮށްފައިވާ ކަމަށެވެ. ދިފާއީ ވަކީލް ވިދާޅުވީ ހެކިބަސް ވަންހަނާކުރާ މީހާގެ ހެކިބަސް ބޭނުން ނުކުރެވޭނެ ކަމަށެވެ.

އެހެން ސިއްރު ހެކިވެރިޔަކަށް، މީހަކަށް އަނިޔާއެއް ލިބެމުންދާ ކަމުގެ ބާރު އަޑެއް އިވުނު ކަމަށް ބުނެފައިވާއިރު އޭނާގެ ހެކިބަހުގައި ވެސް ފުށުއެރުންތަކެއް ހުރިކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!