Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފިޔަވަތީގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ: ޖެންޑާ

ފިޔަވަތީގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ: ޖެންޑާ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ހުޅުމާލޭގައި ބައިތިއްބާ ފިޔަވަތީގައި އެއްވެސް "ރަޔަޓެއް" ހިނގައިފައި ނުވާ ކަމަށާއި އެ ތަނުގައި އެއްވެސް ކުއްޖަކަށް އަނިޔާވެފައި ނުވާކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑާއިން މިފަދައިން ވިދާޅުވެފައި ވަނީ ފިޔަވަތީގެ ރަޔަޓެއް ހޫނުވެ ކުޑަ ކުއްޖަކު އިމަޖެންސީގައި ފަރުވާއަށް ގެންދިޔަ ކަމަށް މީސް މީޑިއާގައި ވީޑިއޯއެއް ދައުރުވުމާ ގުޅިގެންނެވެ.

ޖެންޑާއިން ވިދާޅުވީ އެމްބިއުލޭންސަކަށް އަރުވައިގެން ހޮސްޕިޓަަލަށް ގެންދިޔައީ ނަފްސާނީ ބަލިހުރި ކުއްޖެއް ކަމަށެވެ. ޖެންޑާއިން ވަނީ އެފަދަ ކުދިންނާ ގުޅޭ ހާއްސަ މައުލޫމާތު ސޯޝަލް މީޑިއާތަކުގައި ހާމަ ކުރާނަމަ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ހާމަކުރުމަށް ވެސް އެދިފައެވެ.

Advertisement
Allied — Dhen Online (box)

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ ފިޔަވަތީގައި ހަމަނުޖެހުން ހިނގަމުންދާ މައްސަލަ ބޮޑުވެ އެކަންތައްތައް ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައެވެ. ފިޔަވަތީގައި ތިބޭ ކުދިން އެތަންތަން ބަލަހައްޓާ މުވައްޒަފުންނަށް ކޮންޓްރޯލް ނުވެ ތަނަށް ބޮޑެތި ގެއްލުން ދޭ ކަމަށް މީސް މީޑިއާގައި ވާހަކަދެކެވެމުން ދެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް