ޚަބަރު އިޖުތިމާޢީ

ލ. ގަމުން 4 މީހަކު ކޮވިޑަށް ފައްސި، މޮނިޓަރިންއަކަށް ނުލާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ލާމު ގަން

ލ. ގަމުން 4 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހެލްތު ސާރވިސް މެނޭޖަރ އަލީ ނަޝީދު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން ކޮވިޑަށް ފައްސިވެފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި މީހަކާ އެމީހާއާ އެއްތާވި 3 މީހުން ކަމަށެވެ.

"ބަލިޖެހިފައި ވަނީ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި މީހެއް، ދެން އޭނަގެ ކޮންޓެކްޓުން އެހެންވީމަ މޮނިޓަރިންއަކަށް ނުލާނެ. މިހާރު މޮނިޓަރިންއަށް މިލަނީ ވެކްސިން ކަވަރޭޖާއި އެއްޗެއްސަށް ބަލާފައި. ދެން މިކޮޅުގައި މިހާރު 87 ޕަސެންޓް ވެކްސިން ވެސް ޖަހާފައި މި ވަނީ" ނަޝީދު ވިދާޅުވިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން އެންމެ ފަހުން އާއްމުކޮށްފައިވާ އަދާހަމަތައް ދައްކާގޮތުން އެރަށުން ޖުމްލަ 160 ސުންކު ނަގާފައިވާއިރު އޭގެ ތެރެއިން 135 ސުންކު ވަނީ ބައްޔަށް ނައްސި ވެފައެވެ. އަދި 21 ސުންކުގެ ނަތީޖާ އަދި ނުލިބެއެވެެ.

ކޮވިޑް-19ގެ ވޭދަނަތައް ފެނި ލާމު އަތޮޅުގެ ގުޅިފައިވާ ރަށްތައް ވަނީ މީގެ ކުރިން ވެސް މޮނިޓަރިންއަށް ވެސް ލައިފައެވެ. އަދި އެ އަތޮޅުން ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާއިރު ލާމުއަތޮޅުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 8 މީހަކު ވަނީ ނިޔާވެފައެވެ. އެއީ ގަމުން ނިޔާވި 3 މީހަކާއި މާވަށުން ނިޔާވި ދެމީހުންނާއި މާންދޫއިން ނިޔާވި މީހަކާއި ކަލައިދޫއިން ނިޔާވި މީހެއްގެ އިތުރުން ހިތަދޫއިން ނިޔާވި މީހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!