ޚަބަރު

ބުދަ ދުވަހު އެންމެ ކުޑަ އުޖޫރަ ކަނޑައަޅަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެންމެ ކުޑަ މުސާރައިގެ ގޮތުގައި ދޭނެ ވަރެއް، އަންނަ ބުދަ ދުވަހު ބާއްވާ މިނިމަމް ވޭޖް ބޯޑުގެ ބައްދަލުވުމުގައި ކަނޑައަޅާނެ ކަމަށް އެ ބޯޑުން ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިމަމް ވޭޖް ބޯޑުގެ މެމްބަރަކު ވިދާޅުވީ މިނިމަމް ވޭޖުގެ ގޮތުގައި ދޭނެވަރެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ. އަދި ވޭޖުގެ ގޮތުގައި ދޭނެވަރު ނިންމުމަށް ފަހު އިކޮނޮމިކް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށެވެ.

މިނިމަމް ވޭޖް ބޯޑަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްގެ ބެލުމުގެ ދަށުން ހިނގާ ބޯޑެކެވެ. ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. މީގެ ކުރިން ފައްޔާޒް ވިދާޅުވީ ޕަސެންޓޭޖްގެ ގޮތުން ބަލާއިރު ރާއްޖޭގެ އަންއެމްޕްލޮއިމެންޓް ރޭޓް މަތި ނޫން ކަމަށާއި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައި އޮތީ ވަޒީފާތަކުން ލިބޭ އާމްދަނީ ކުޑަވުމުގެ ޝަކުވާ ކަމަށެވެ.

ސަރުކާރުން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅައިފައި އޮތް ސީލިންގަކީ 6،700ރ.އާއި 8،900ރ.އާ ދެމެދުގެ އަދަދެކެވެ. އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރު ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ ޢަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައަޅަންވާނެކަމަށް ޤާނޫނުގައި ކަނޑައަޅައިފައިވެއެވެ.

Ads by Allied Insurance
  1. ބޮލި

    ފެންކައްކާ ބޮލީގެ އިއްޒަތް