Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހޮޅުދޫން ބޮލި ވަޅެއް: މިއީ އިހު ޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުން ކުރި ބޮލިތަކެއް ކަމަށް ބެލެވޭ!

ހޮޅުދޫން ބޮލި ވަޅެއް: މިއީ އިހު ޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުން ކުރި ބޮލިތަކެއް ކަމަށް ބެލެވޭ!

ނ. ހޮޅުދޫން އާސާރީ ބޮލިވަޅެއް އިއްޔެ ފެނިއްޖެއެވެ.

ހޮޅުދޫ ކައުންސިލުގެ ރައީސް ރިލްވާން މުޙައްމަދު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ބޮލިވަޅު ފެނިފައި ވަނީ އެ ރަށު ބޭންކް އޮފް މޯލްޑިވްސްއާއި ފުލުހުންގެ އިދާރާ ކުރިމަތިން މަގު ކޮނުނުއިރު ކަމަށެވެ.

އެނގިފައިވާ ގޮތުގައި ބޮލިވަޅު ފެނިފައި ވަނީ އެ ސަރަޙައްދުން ގާތްގަނޑަކަށް 2 ފޫޓު ބައި އަޑިންނެވެ.

Advertisement
Allied Insurance — Square (box)

<img class="alignnone wp-image-115457 size-full" src="https://cdn.dhen.mv/wp-content/uploads/2021/09/IMG-a761c93683781aec290c55189e89a0bf-V.jpg" alt="" width="622" height="1280" />

ކައުންސިލު ރައީސް ވިދާޅުވި ގޮތުގައި އެތަނުގައި ބޮލި ވަޅުލައިފައި ހުންނަތާ މިހާރު ގާތްގަނޑަކަށް 100 ވަރަކަށް އަހަރު ވެދާނެއެވެ. އަދި އެ ސަރަޙައްދަކީ ކުރީ ޒަމާނުގައި އެ ރަށުގެ "ކާޑުގެ" ހުރި ސަރަޙައްދު ކަމަށް ވެސް ވިދާޅުވިއެވެ.

"އިހުޒަމާނުގައި ރާއްޖެތެރޭގައި ހުންނާނެ ކާޑު އެއްޗެހި ރައްކާ ކުރާ ވަކި ތަނެއް. އެތަނުން ލިބޭނީ ކާޑުގެ ބާވަތްތައް. އިހުޒަމާނުގައި ރައްފުށުން ކާ އެއްޗެހި ވިއްކާނީ އަދި ހިލޭ ވިޔަސް ދޫކުރާނީ ކާޑު ގެއިން. އެތަނުގެ ކުރިމަތި ކޮނުނީ، ކަރަންޓުގެ މަސައްކަތެއް ކުރަން ވެގެން." ކައުންސިލު ރައީސް ވިދާޅުވިއެވެ.

<img class="alignnone wp-image-115458 size-large" src="https://cdn.dhen.mv/wp-content/uploads/2021/09/IMG-8147068a406fa08b113d70bb715bfe1e-V-769x1024.jpg" alt="" width="769" height="1024" />

ކައުންސިލު ރައީސް ރިލްވާން އިތުރަށް ވިދާޅުވީ، އެ ބޮއްޔަކީ އިހު ޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުން ކުރި ތަކެތި ކަމަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް ބޮލިތައް ވަޅުލައިފައި ހުރީ ކީއްވެކަން ނޭނގޭ ކަމަށެވެ.

ހޮޅުދޫ ބޮލިވަޅުން ފެނުނު ބޮލިތަކުން ބައެއް ބޮލިތައް ވަނީ އެ ރަށުގެ ބައެއް ބެލެނިވެރިންގެ އެދުމުގެ މަތިން ސްކޫލް ބޭނުމަށް ދެއްވައިފައެވެ. ބާކީ ހުރި ބޮލިތައް، ކޮނުނު ތަަނަށް ފަސް އެޅިއިރު އެއާ އެކު އަނެއްކާ ވެސް ވަޅުގަނޑު ތެރެއަށް އެޅީކަމަށް ކައުންސިލު ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް