ކޮވިޑް-19އަށް ފައްސިވީ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެއްޖެ

ރާއްޖެއިން މިއަދު އިތުރު 220 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 45 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 164 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 5 މީހުން ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 83،875 މީހުންނެވެ.
ބަލިން ފަސޭހަވެފައިވަނީ 81،939 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 20 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 229 މީހުން ނިޔާވެފައި ވެއެވެ.