Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޞާލިޙްގެ ވަރުގަދަ މެސެޖާ ގުޅިގެން ފަލަސްތީނުގެ ޝުކުރު

ރައީސް ޞާލިޙްގެ ވަރުގަދަ މެސެޖާ ގުޅިގެން ފަލަސްތީނުގެ ޝުކުރު

އދ. ގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ފަލަސްތީނުގެ މިނިވަންކަމަށް ގޮވައިލާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅަށް އެ ޤައުމުން ޝުކުރު އަދާކޮށްފިއެވެ.

އދ.އަށް ފަލަސްތީނުން ކަނޑައަޅައިފައިވާ މިޝަންގެ ރަސްމީ ޓްވީޓާ އެކައުންޓުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ރައީސް ޞާލިޙްގެ ތަގުރީރާ މެދު ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ. އަދި ފަލަސްތީނުގެ ހައްގުގައި އަޑު އުފުއްލެވީތީ ރައީސްއަށާއި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައި ވެއެވެ.

ރައީސް ޞާލިޙްގެ ތަގުރީރުގައި ވިދާޅުވެފައި ވަނީ، ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާއެކު ކަމަށެވެ. އަދި އދގެ އެތައް އަހަރެއްގެ މަސައްކަތުން ވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ނުދެވުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

"އދ ގެ އާންމު މަޖިލީހާ ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގާ ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު. ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު މިތާ ހުރެ މި ވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަވޭ. އެއީ ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފައިވުން. މިލިއަނުން އަދަދު މަތި ފަލަސްތީނުުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ. އެބަޔަކު އަޅުގަނޑު މިތާ ހުރެ ތަމްސީލު ކުރާ ދިވެހިން ބޭނުންވަނީ އދ.އިންނާއި މުޅި ދުނިޔެއިން މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަަލައިގަތުން،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގައި ދިވެހިން އަބަދުވެސް ދެމި ތިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ޞާލިޙްގެ ތަގުރީރުގައި ތަކުރާރު ކުރައްވައިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް