Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

އައްޑޫ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އައްޑޫ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މިމަހުގެ 17 ވަނަ ދުވަހު އައްޑޫގައި ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، ހަމަލާގައި ޒަޚަމްވި މީހާގެ ބޮލަށާއި ގައިގެ އެހެން ތަންތަނަށް ވަނީ ގިނަ ޒަޚަމްތަކެއް ލިބިފައެވެ. އަދި ހާލު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް އޭނާ ވަނީ މާލެ ފޮނުވައިލައިފައެވެ.

Advertisement
HDC — Sidebar (box)

މި ހާދިސާގެ ފޮޓޯތައް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ އޮތީ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފައެވެ. އަދި ހަދިސާ ހިނގި ފްލެޓް ތެރޭގައި ވެސް ގިނަ އަދަދެއްގެ ލޭހުރި ތަން ފެނެއެވެ.

މި މާރާމާރީގައި އަނިޔާވެފައި ވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާ ޒަހަމްކޮށްލީ އޭނާ ދިރިއުޅޭ ފްލެޓްތެރޭގައި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

މިމާރާމާރީގެ އިތުރުން ވެސް އެދުވަހު އައްޑޫގައި ވަނީ އިތުރު މާރާމާރީއެއް ވެސް ހިންގައިފައެވެ. މި މާރާމާރީގައި ހަމަލާދީފައި ވަނީ ސައިކަލެއްގައި ދިޔަ މީހަކަށެވެ. މި މާރާމާރީގައި އަނިޔާވެފައި ވަނީ 27 އަހަރުުގެ ފިރިހެނަކަށާއި 23 އަހަރުގެ އަންހެނަކަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް