ފްލެޓަށް ބޭނުންވާ ތަކެތި ދެވަނަ ފިޔަވަހިން ލިބޭނެ އިންތިޒާމް ހަމަޖައްސަނީ
ހުޅުމާލޭ ފޭސް ދޭއްގައި ހަދައިފައިވާ ފްލެޓްތަކުގެ ފިނިޝިންއަށް ބޭނުންވާ ތަކެތި އެ ސަރަހައްދުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި، މަރާމާތުގެ މުއްދަތު އިތުރުކުރުން ފަދަ ކަންކަން ކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށައަޅައިފައިވާ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ސުހައިލް ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިންމަން މީހުން ތަކެތި ގަންނަން ފެށުމާ އެކު ތަކެތީގެ އަގު އުފުލުނު ކަމަށެވެ. އަދި އެކަމަށް އެޗްޑީސީއިން ލުއި ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ، މާރުކެޓްގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކަށް ބަލައި ހިޔާ ފްލެޓް ސަރަހައްދުން ކޮންޓައިނަރުގައި މުދާ ބަހައްޓައިގެން މުދާ ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ވެސް ހަމަ ކޮންސިޑަރ ކުރާނަން ބާޒާރުގައި މި އަންނަ ދަތިތަކާއި އެއްޗެހި ބަލަމުން މިދަނީ. އިތުރު ފަސޭހައެއްގެ ގޮތުން އަޅުގަނޑުމެން އެބަ ބަލަން ވަރަށް އަވަހަށް އެސަރަހައްދުގައި ކޮންޓެއިނަރ ބަހައްޓައިގެން ސީދާ މުދާ ދޫކުރެވޭނެ ގޮތް ހެދުމަށް. އެހެންވީމަ އެ މޮނީޓާކުރަމުން ގެންދާނަން." ސުހައިލް ވިދާޅުވިއެވެ.
ސުހައިލް ވިދާޅުވީ، މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ހިޔާ ފްލެޓްގައި 40 ވަރަކަށް އާއިލާ ދިރިއުޅެން ފަށައިފައިވާ ކަމަށެވެ. ހިޔާ މަޝްރޫޢާ އެކު ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ސާޅީސް ހާހެއްހާ މީހުން ބަދަލުވާނެކަމަށް ބެލެވެއެވެ.
އަޅުގަނޑުމެން އެދެނީ ކުލިކުޑަކޮއް ކުލިދައްކަންޖެހޭ މުއްދަތު 1 އަހަރައް ފަސްކޮއްދިނުމައް މިހާބޮޑު ހަރަދެއްކޮއް ހިފާގެންގުޅޭ ސާމާނު ރޫޅާހަދައިގެން މިތާކު ނޫޅެވޭނެ މިޖާގަޔައް ސެޓުވާވަރު ތަކެތި މިޖެހެނީ ގަންނަން