ޗައިނާ ގާޑަން ކައިރީ ހުރި ފިހާރައެއްގައި ރޯވެ އަނދަމުން ދަނީ
ޗައިނާ ގާޑަން ކައިރީ ހުރި ފިހާރައެއްގައި ރޯވެ އަނދަމުން އެބަދެއެވެ.
އަލިފާން ރޯވެފައި ވަނީ ލޮނުޒިޔާރަތް މަގު ޗައިނާ ގާޑަން ކައިރީގައި ހުންނަ "ހަވައި ފުޓްވެއާ"ކިޔާ ފިހާރައެއްގެ މަތީގައެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ލޮނުޒިޔާރަތް މަގުގައި ހުރި އިމާރާތެއްގައި ރޯވެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރައްވައެވެ.
އަޕްޑޭޓް: މިއަދު މެންދުރުފަހު 3:00 ހާއިރު ހިނގި މި ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވައިލައިފިއެވެ. ނަމަވެސް އަދިވެސް އެ ސަރަހައްދުގައި އެމްއެންޑީއެފްއިން ދަނީ ހަރަކާތްތެރި ވަމުންނެވެ.
Ads by HDC