Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލީކުވެފައިވާ އޯޑިއޯތައް ތަޙްލީލުކުރަން ބޭރުގެ ފަރާތަކާ ޙަވާލުކުރުމަށް އެއްބަސްވެވިއްޖެ: އިދިކޮޅު

ލީކުވެފައިވާ އޯޑިއޯތައް ތަޙްލީލުކުރަން ބޭރުގެ ފަރާތަކާ ޙަވާލުކުރުމަށް އެއްބަސްވެވިއްޖެ: އިދިކޮޅު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާކުރި ވޮޑަމުއްލާގެ އެކިއުޒިޝަން ފައިސާގެ މައްސަލައިގައި ހުކުމްކުރެއްވި ކްރިމިނަލް ކޯޓުގެ 3 ފަނޑިޔާރުންގެ ލީކްވި އޯޑިއޯތަކުގެ ތަހުލީލުތައް ބޭރުގެ ބަޔަކާ ހަވާލުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އިދިކޮޅުން ހާމަކޮށްފިއެވެ.

އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީއަތުގެ ކަންތައްތަކުގެ ތެރެއިން އިދިކޮޅަށް އެންމެ މުހިންމު ކަމެއް ގޮތުގައި ދެކެނީ ލީކުވި އޯޑިއޯތައް ކަމަށެވެ. އަދި އަމިއްލަ ފަރާތަކާ އެ އޯޑިއޯތަކުގެ ފޮރެންސިކް ތަހުލީލެއް ކުރަން ހަވާލު ކުރުމުން އިދިކޮޅުން ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ.

މިއަދު އިދިކޮޅުން އެކަންކަމާ ގުޅިގެން ސީޕީ މުޙައްމަދު ހަމީދުއާ ބައްދަލުކޮށް މަޝްވަރާ ކުރެވުނު ކަމަށާއި އަދި އެ މަޝްވަރާގެ ތަފްސީލު އަބްދުއްރަހީމު ވަނީ ދެއްވައިފައެވެ.

Advertisement
Allied Insurance — Square (box)

މަޝްވަރާތަކުގެ ތެރެގައި ތަހުލީލް މިހާރު ކުރިއަށް ގޮސްފައި އޮތް ހިސާބާއި އަދި އޭގެ އިތުރުން އެ ތަހުލީލު ކުރިއަށްދާ ގޮތާ މެދު ވަނީ އޮޅުން ފިލުވައިފައިވާކަން ވެސް އަބްދުއްރަހީމް ފާހަގަކުރިއެވެ. އެއާ އެކު އިދިކޮޅުން ވަނީ އަމިއްލަ ފަރާތަކުން އެ ތަހުލީލްގެ މަސައްކަތް ކުރައްވާތީ އޭގެ ކަންބޮޑުވުން ސީޕީ ހަމީދު އަރިހުގައި ދަންނަވައިފައިކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިފަދަ މައްސަލައެއްގެ ފޮރެންސިކް ތަހުލީލެއް ކުރައްވަން ވާނީ ބޭރުގެ އެ ކަމުގައި ގާބިލް ފަރާތްތައް ކަމަށެވެ. އެގޮތުން އިދިކޮޅުން ވިދާޅުވީ ބައިނަލް އަގްވާމީ ފަރާތްތަކާ ގުޅިގެން އިތުރު ފޮރެންސިކް ތަހުލީލެއް ކުރާނެކަމުގެ ޔަގީންކަން ސީޕީ ޙަމީދު ދެއްވިކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ޙުކުމަކީ ސަރުކާރުން ނުފޫޒު ފޯރުވައިގެން އިއްވި ޙުކުމެއް ކަމަށް އެ ޙުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރަކު ވިދާޅުވާ އޯޑިއޯތަކެއް ވަނި ދާދި ފަހުން އާންމުވެފައެވެ. އެހެންކަމުން އެ އޯޑިއޯތަކުގެ މައްސަލަ ނުނިމެނީސް ރައީސް ޔާމީންގެ ޝަރީއަތްކުރިއަށް ގެންދާތީ ވެސް އިދިކޮޅުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް