ތިނަދޫގެ މުޖުތަމައު ތެރެއިން މިއަދު ވެސް ކޮވިޑް ފެނިއްޖެ

ވަކި ތަރުތީބެއް ނެތި ގދ. ތިނަދޫން ނެގި ސުންކެއް މިއަދު ވެސް ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަދު އެރަށުން ކޮވިޑް-19އަށް ފައްސިވެފައި ވަނީ އެންމެ މީހެކެވެ.
އެނގިފައިވާ ގޮތުގައި އެ މީހާއަކީ ތިނަދޫގެ ފްލޫ ކްލިނިކަށް ޑޮކްޓަރަަށް ދެއްކި ފަރާތެކެވެ.
ކޮވިޑަށް މިއަދު ތިނަދޫން ފައްސިވީ ފަރާތާއެކު އެ ރަށުން ހަރަކާތްތެރި ވޭދަނައިގެ އަދަދު މިހާރު ވަނީ 6އަށް އަރައިފައެވެ. އިއްޔެ ވެސް ތިނަދޫއިން ފްލޫ ކްލިނިކަށް ދެއްކި ދެމީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.
ތިނަދޫން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 993އަށް އަރައިފައެވެ.