Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލެއިން ފައްސިވީ 29 މީހުންނާ އެކު މިއަދު ފައްސިވީ 86 މީހުން

މާލެއިން ފައްސިވީ 29 މީހުންނާ އެކު މިއަދު ފައްސިވީ 86 މީހުން

ރާއްޖެއިން މިއަދު އިތުރު 86 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 29 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 53 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 4 މީހުން ފައްސި ވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 84،103 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 82،208 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 18 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 229 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް