Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަސްދަރު ހާމަކުރަން މަޖުބޫރު ކުރުމަކީ ކޮރަޕްޝަން ހުއްޓުވަން ހުރަސް އެޅޭނެކަމެއް: އެޑިޓާސް ގިލްޑް

މަސްދަރު ހާމަކުރަން މަޖުބޫރު ކުރުމަކީ ކޮރަޕްޝަން ހުއްޓުވަން ހުރަސް އެޅޭނެކަމެއް: އެޑިޓާސް ގިލްޑް

ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ސަބަބުން ކޮރަޕްޝަނާއި ފަސާދައާއި އެ ނޫން ވެސް އެކިއެކި ކަންކަމުގައި އެކިއެކި ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދޭން ފަސްޖެހޭނެ ކަމުގެ ކަންބޮޑުވުން މީޑިއާތަކުގެ އެޑިޓަރުންގެ ޖަމިއްޔާ ކަމުގައިވާ، އެޑިޓާސް ގިލްޑުން މިރޭ ފާޅުކޮށްފިއެވެ.

މިހާރު ރާއްޖޭގައި އޮތް ހެއްކާ ބެހޭ ގާނޫނަށް، ނޫސްވެރިންނާއި މީޑިއާތަކަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރަން ސަރުކާރުން ހުށަހަޅައިފައި އިސްލާހާ ގުޅިގެން، އެޑިޓާސް ގިލްޑުން ކަންބޮޑުވުން ފާޅުކޮށް މިރޭ ނެރުނު ބަޔާނުގައި ބުނީ ދާދި ފަހުން ހެދި ވިސްލްބޮލޯވާ ގާނޫނުގެ މަފްހޫމަކީ ކާކުކަން ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށް ދިނުން ކަމަށް ވާއިރު، އެއާ ދިމާ އިދިކޮޅަށް ސަރުކާރުން ހެއްކާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ކޮބައިކަން ސާފުނުވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އެ އިސްލާހު ވަގުތުން އަނބުރާ ގެންދިޔުމަށް އެޑިޓާސް ގިލްޑުން ވަނީ ގޮވައިލައިފައެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތުން އެ ޖަމިއްޔާއިން ބުނީ ރާއްޖޭގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި، ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށާއި ހަބަރާއި މައުލޫމާތާއި އެމީހަކަށް ފެންނަ ގޮތްތަކާއި ހިޔާލުފާޅު ކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން އޮތް އިރު ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް