Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދުނިޔޭގެ ސަމާލުކަން ލިބުނު ކުރެންދޫ ފުޓުބޯޅަ ދަނޑަށް އުދަ އަރައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ

ދުނިޔޭގެ ސަމާލުކަން ލިބުނު ކުރެންދޫ ފުޓުބޯޅަ ދަނޑަށް އުދަ އަރައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ

ދުނިޔޭގެ ސަމާލުކަން ލިބުނު ޅ.ކުރެންދޫ ފުޓުބޯޅަ ދަނޑަށް އުދަ އަރައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު ވިދާޅުވީ ފުޓުބޯޅަ ދަނޑަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ.

"ފުޓުބޯޅަ ދަނޑަށް ވަރަށް ބޮޑަށް އުދަ އަރައި ބޭނުން ނުކުރެވޭ ހަލާކުވެފައި ވަނީ. ދެން ކުރެންދޫ ފުޓުބޯޅަ ދަނޑަކީ ރައްޔިތުން އަމިއްލަ އަތުން ހަރަދުކޮށްގެން ހަދައިފައިވާ ދަނޑެއް އެއީ ދެން އަމިއްލައަށް ހެދި ދަނޑެއް ހަލާކުވެގެން ދާ މަންޒަރު ފެނުނީމަ ރައްޔިތުންގެ މާޔޫސްކަން ވަރަށް ބޮޑު" ސިމާއު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ސިމާއު ވިދާޅުވީ ރަށުގެ ވަރަށް ގިނަ ގޭގެއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށާއި ދެ ގެއަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

"ވަރަށް ބޮޑަށް އުދަ އަރައިފައި މިވަނީ. އަޅުގަނޑު ހަޔާތުގައި ވެސް ނުދެކެން މިހާ ބޮޑަށް އުދަ އެރިތަނެއް. ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ގެއަށް މިވަނީ ފެނުގެ އަސަރުކޮށްފައި. ދެން ދެ ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައި މި ވަނީ." އޭނާ ވިދާޅުވިއެވެ.

ސިމާއު ވިދާޅުވީ އުދައިގެ ސަބަބުން ރަށަށް ބޮޑެތި ގެއްލުން ލިބިފައިވާއިރު މިވަގުތު ރަށުގެ ހާލަތު ރަނގަޅު ކަމަށާއި ބޮޑަށް އުދަ އަރައިފައި ވަނީ ރޭގައި ކަމަށެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފްއިން ބުނީ ކުރެންދުއަށް އުދައަރައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ ރޭ މެންދަމު 3:41 ހާއިރު ކަމަށެވެ. އުދައެރުމުގެ ސަބަބުން ރަށުތެރޭ ބޮޑުވެފައިވާ ފެންގަނޑު ހިއްކައި ނިމުނީ މިއަދު ހެނދުނު 9 ހާއިރު ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް