Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މޫސުން ތަންނުދޭތީ އިދިކޮޅުގެ ޖަލްސާ ފަސްކޮށްފި

މޫސުން ތަންނުދޭތީ އިދިކޮޅުގެ ޖަލްސާ ފަސްކޮށްފި
އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަން ހަމަޖެއްސި "މިނިވަންކަމުގެ ދިފާޢުގައި ، ދިވެހީން" ޖަލްސާ ބޭއްވުން ފަސްކޮށްފިއެވެ.

ޖަލްސާ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މަތީން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މާލެއަށް މިއަދު މޫސުން ގޯސްވުމުން އެ ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް އެ ކޯލިޝަނުން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ކާނިވާ ސަރަހައްދުގައި ޖަލްސާ ނުބޭއްވުނު ނަމަވެސް މިރޭ ކްލަބް ހައުސް ނޫނީ އެހެން ވަސީލަތެއް ބޭނުން ކޮށްގެން ނަމަވެސް ކޮންމެވެސް ހަރަކާތެއް ބޭއްވުމަށް ނިންމައިފައިވާ ކަމަށެވެ. އަދި އެކަމުގެ މަޢުލޫމާތުވެސް ހިއްސާ ކުރަމުން ދާނެކަމަށް މަތީން ވިދާޅުވިއެވެ. މިއަދު މެންދުރު ފަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވެ މެދު ރާއްޖެތެރެއަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް