ސިއްޙަތު

ބަރުދަން ލުއި ކުރަން ބޭނުމިއްޔާ، މި ބުއިންތައް ބޭނުން ކޮށްލާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބަރުދަން ލުއި ކުރުމަކީ ކޮންމެ މީހަކު ވެސް ކުރަން ނުހަނު ބޭނުންވާނެ ކަމެކެވެ. ތިމާގެ ސިއްޙަތަށާއި ހަށިގަނޑަށް ބަލައިގެން އުޅުމަކީ ވަކި ޖިންސެއްގެ މީހުން އެކަނި ކޮށް އުޅޭ ކަމެއް ވެސް ނޫނެވެ.

Ads by MWSC

ބަރުދަން ލުއި ކުރުމަށް އެކި މީހުން އެކި ކަންތައް ކުރެއެވެ. ތަފާތު ކާނާ ބޭނުން ކުރުމާއި، ޖިމަށް ދިޔުން ނުވަތަ ކަސްރަތު ކުރުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. މިކަންތައްތަކުގެ އިތުރުން، ބަރުދަން ލުއި ކުރުމަށް އެހީވެދޭ ބައެއް ބުއިންތައް ވެސް ވެއެވެ. އޭގެ ތެރެއިން ބައެއް ބުއިންތައް މި ލިޔުމުގައި ވެސް ހިމަނައިލާނަމެވެ.

▪︎ ގްރީން ޓީ
ގްރީން ޓީ ފާހަގަ ކުރެވިފައި ވަނީ ވެސް ވަރަށް ސިއްޙަތަށް ފައިދާ ހުރި ބުއިމެއްގެ ގޮތުގައެވެ. ކަމާ ބެހޭ މާހިރުން ބުނެފައިވާ ގޮތުގައި ގޭހަށް ވެސް ރަނގަޅު ގްރީން ޓީ ބުއިމުން ބަރުދަން ލުއި ކުރުމަށް ވެސް އެހީވެދެއެވެ.

▪︎ ކޮފީ
ދިރާސާތަކުން ދައްކައި ގޮތުގައި ކޮފީއަކީ މޫޑް ރަނގަޅު ކުރުމަށް އެހީވެދޭ އެއްޗެކެވެ. ސަބަބަކީ އޭގައި ކެފޭން އެކުލެވުމެވެ. މޫޑް ރަނގަޅުވުމުގެ އިތުރުން ކޮފީ ބުއިމުން ބަރުދަން ވެސް ލުއިވާން އެހީވެދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

▪︎ ކަޅު ސައި
ގްރީން ޓީއެކޭ އެއްް ފަދައިން ކަޅު ސަޔަކީ ވެސް ބަރުދަން ލުއި ކޮށްދޭ މާއްދާތައް ހިމެނޭ ބުއިމެކެވެ. ކަޅު ސައިގައި ގިނަ އަދަދަކަށް ޕޮލީފެނޯލްސް ހިމެނެއެވެ. ޕޮލީފެނޯލްސްއަކީ ބަރުދަން ލުއިކޮށްދޭ ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ.

▪︎ ފެން
ފެނަކީ ހަށިގަނޑަށް އެތަކެއް ފައިދާ ހުރި އެއްޗެކެވެ. ފެނަކީ ހަންގަނޑު ރީތި ކުރުމަށް ލޭ ސާފު ކޮށްދޭ ބުއިމެއް ވެސް މެއެވެ. ގިނައިން ފެން ބުއިމުގެ ސަބަބުން ބަރުދަން ލުއި ކޮށްދޭ ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.

▪︎ އެޕަލް ސައިޑަރ ވިނެގާ
ސިއްހަތާ ބެހޭ މާހިރުން ބުނެފައިވާ ގޮތުގައި އެޕަލް ސައިޑަރ ވިނެގާގައި އެކުލެވޭ އެސެޓިކް އެސިޑްގެ ސަބަބުން ބަރުދަން ލުއިވެ، އިންސިއުލިން ލެވެލް ވެސް ދަށް ކޮށްލައެވެ. ނަމަވެސް މިފަދަ ވިނެގަރ ބޭނުން ކުރުމަކީ ދަތްތަކަށް ގެއްލުން ދޭ ކަމަކަށް ވުމުން، މިފަދަ ބުއިންތައް ބޭނުން ކުރުމަށް ފަހު އަވަހަށް ފެނުން އަނގަ ދޮވުމަށް ވެސް ސިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!