ސިޔާސީ

އެމްޑީޕީ އެތެރޭގެ އިންތިހާބު: ވާދަވެރިކަމުގެ ފޯރިއާއެކު ކުރިއަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފެށިގެން ކުރިއަށް އެބަދެއެވެ.

Ads by Hajj Corporation

ނުހަނު ބޮޑު ވާދަވެރިކަމާއި ފޯރި އިތުރު ވެފައިވާ އެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00އާއި ހަމައަށެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އެމްޑީޕީގެ 93،000އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ. މި އިންތިޚާބުގައި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރެއިން އެކި ދާއިރާތަކަށް 455 މީހުން ހޮވަން ޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު ޕާޓީގެ އިސް ލީޑަރ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުއާ ދެމެދު ވަނީ ހިޔާލު ތަފާތުވުން އުފެދި އެ ޕާޓީ ވެސް ދެ ފެކްޝަނަކަށް ބައިވެފައެވެ.

ގައުމީ މަޖިލީހުގެ ކެމްޕޭންގެ ވާދަވެރިކަން ބޮޑުވެފައި ވަނީ އެ ދެ ބޭފުޅުންގެ ވާދަވެރިކަމާ ހެދިއެވެ. އެގޮތުން އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ރައީސް ނަޝީދު ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށެވެ. ނަމަވެސް ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ބޭފުޅުން ޖުމްލަ ގޮތެއްގައި އެކަމާ ދެކޮޅެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!