Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވޯޓް ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒު: ރައީސް ނަޝީދު

ވޯޓް ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒު: ރައީސް ނަޝީދު

އެންމެންގެ ބައިވެރިވުމާއި ވޯޓްފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒުކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ،

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓްލުން މިއަދު ކުރިއަށް ދާއިރު މިކަމަށް އިޝާރާތް ކުރައްވައި ރަައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއަދަކީ ގައުމިއްޔަތު ބިނާ ކުރުމުގައި އަނެއްކާ ވެސް ފަހުރުވެރި ކާމިޔާބީއެއް ހޯދޭ ދުވަހެއް ކަމަށެވެ.

"މިއަދަކީ ގައުމިއްޔަތު ބިނާ ކުރުމުގައި ފަހުރުވެރި ކާމީޔާބީއެއް ހޯދޭ ދުވަހެއް. އެންމެންގެ ބައިވެރިވުމާއި ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒު. ވަރަށް މަރުހަބާ" ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/MohamedNasheed/status/1441670939683344384

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 9:00އިން ހަވީރު 5:00އާ ހަމައަށެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އެމްްޑީޕީގެ 93،000އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ. މި އިންތިޚާބުގައި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރެއިން އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު ޕާޓީގެ އިސް ލީޑަރ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުއާ ދެމެދު ވަނީ ހިޔާލު ތަފާތުވުން އުފެދި އެ ޕާޓީ ވެސް ދެ ފެކްޝަނަކަށް ބައިވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް