މެދު ދެކުނު ޕްރޮވިސްގެ ރައީސަކަށް ރައީސް ޞާލިޙްގެ ކެނޑިޑޭޓް ، މިނިސްޓަރ އަމީރު!

ވެރިކަން ކުރާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިއަދު ބޭއްވި އެތެރޭގެ އިންތިޚާބުގައި މެދު ދެކުނު ޕްރޮވިންސްގެ ރައީސްކަން، މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ހޯއްދަވައިފިއެވެ.
ތ އަދި ލ ހިމެނޭ މި ޕްރޮވިންސްގެ ރައީސްކަމަށް އަމީރު އިންތިޚާބުވެފައި ވަނީ މިހާރު އެ މަގާމުގައި ހުންނެވި އަހުމަދު މުޖުތަބާއާ ވާދަކޮށެވެ.
އަމީރުގެ އިތުރުން ސަރުކާރުގެ އިތުރު ދެ ވަޒީރުން ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައިފައެވެ. އެއީ އެކޮނޮމިކް މިނިސްޓަރ ފައްޔާޒްއާއި ފިނޭންސް މިނިސްޓަރ އަމީރެވެ. މި އިންތިޚާބުގެ ގިނަ ގޮނޑިތަކެއް ހޯއްދަވަމުން ގެންދަވަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ކެނޑިޑޭޓުންނެވެ.