ރިޒްނާގެ މައްޗަށް ކުރި ހޯދާ، ހުޅުމާލޭ ދާއިރާގެ ރައީސަކަށް ޔާސިރު!

ހުޅުމާލޭ ދާއިރާގެ ސިޓީ ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ބަލިވި، ރިޒްނާ ޒަރީރުއާ ވާދަކޮށް އެމްޑީޕީގެ ހުޅުމާލޭ ދާއިރާގެ ރައީސް ކަމަށް ޔާސިރު ހަސަން އިންތިޚާބު ވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ މި އިންތިޚާބުގައި ހުޅުމާލޭ ދާއިރާއަށް ރިޒްނާގެ އިތުރުން ހުސައިން ނަޒީފް ވެސް ވަނީ ވާދަކޮށްފައެވެ.
ރައީސް ނަޝީދާއި ރައީސް ޞާލިޙާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން އެ ދެ ބޭފުޅުންނަށް ތާއީދު ކުރައްވާ މެމްބަރުން ވާދަ ކުރެއްވި މި އިންތިޚާބުގައި ކުރި ހޯއްދަވަމުން ގެންދަވަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ކެނޑިޑޭޓުންނެވެ.