Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ސިޑި މައްޗަށް ކުޑަކަމު ދިޔަ މުއައްޒަފުން ވަނީ އޮޕަރޭޝަނުން އެކަހެރިކުރެވިފައި: ވެމްކޯ

ސިޑި މައްޗަށް ކުޑަކަމު ދިޔަ މުއައްޒަފުން ވަނީ އޮޕަރޭޝަނުން އެކަހެރިކުރެވިފައި: ވެމްކޯ
ގެއެއްގެ ސިޑި މައްޗަށް ކުޑަކަމުދިޔަ ވެމްކޯގެ ވެށިފާރަވެރިޔާ ވަނީ ވަގުތީ ގޮތުން ހއުސްހޯލްޑް އޮޕަރޭޝަނުން އެކަހެރިކުރެވިފައިކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ވިދާޅުވެއެވެ. ވެމްކޯގެ މުވައްޒަފެއް ގެއެއްގެ ސިޑިއަށް ކުޑަކަމުދާ ތަން ފެންނަ ވީޑިއޯއެއް ވެސް މިއަދު ވަނީ މީސްމީޑިއާގައި އާންމުވެގެން ގޮސްފައެވެ. އެކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މި މައްސަލައިގައި ޝާމިލްވާ ވެށިފާރަވެރިޔާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކަމަށާއި އެހެން ނަމަވެސް، އެފަދަ އެއްވެސް އަމަލެއް އެ މުވައްޒަފުގެ ފަރާތުން ކުރިން ފާހަގަވެފައި ނުވާ ކަމަށެވެ. "މައްސަލަ ރައްދުވާ ކަސްޓަމަރާއި، މައްސަލަ ދިމާވި ގޭބިސީއަށް މިކޯޕަރޭޝަންގެ މުވައްޒަފުން ވާނީ ޒިޔާރަތްކޮށް، މައްސަލަ ހިނގިގޮތް ބަލައި، ކަސްޓަމަރުގެ އަރިހުން މަޢާފަށް އެދިފައެވެ." ވެމްކޯގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ވީޑިއޯ ދައުރު ވަމުންދާ މިދަނޑިވަޅުގައި ވެމްކޯއިން އެދެނީ ހަގީގަތް އޮޅޭ ގޮތަށް އަދި ވެމްކޯގެ އެއްވެސް މުވައްޒަފަކަށް ކުޑައިމީސްކޮށް ހަބަރު ނުފެތުރުމަށެވެ. މީގެ އިތުރުން ދިވެހި ރައްޔިތުންގެ ޚިދުމަތުގައި އެކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ކަސްޓަމަރުންގެ އަރިހުން ފޯރުކޮށްދޭ އެއްބާރުލުމާއި، ބަހައްޓަވާ ގާތްކަން އުފަލާ އެކު ބަލައިގަންނަވާކަމަށް ވެސް ވެމްކޯގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް