Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

އެމްޑީޕީ އިންތިޚާބުގެ ވޯޓް ފޮއްޓެއްގެ އޮފިޝަލަކު ކޮވިޑަށް ފައްސި ވެއްޖެ

އެމްޑީޕީ އިންތިޚާބުގެ ވޯޓް ފޮއްޓެއްގެ އޮފިޝަލަކު ކޮވިޑަށް ފައްސި ވެއްޖެ

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓްފޮއްޓެއްގެ އޮފިޝަލަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ހުވަދޫ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑަށް ފައްސިވެފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ ވޯޓްފޮށީގައި ހުރި އަންހެން އޮފިޝަލެކެވެ. މިއޮފިޝަލް ކޮވިޑް-19އަށް ފައްސިވިކަން އެނގުނީ ވޯޓްލާ ނިމުނު ފަހުންނެވެ.

ފައްސިވެފައިވާ މީހާއަކީ ގދ.އަތޮޅު ތައުލީމީ މަރުކަރުގައި ހުރި ވޯޓު ފޮއްޓެއް ކައިރީގައި ހުރި އޮފިޝަލެއް ކަމަށް ވެސް އެ ނޫހުން އެނގިފައިވާ ކަމަށާއި ‎ކޮވިޑަށް ފައްސިވި އޮފިޝަލާ އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް ޑރ.އަބްދުއްސަމަދު ހޮސްޕިޓަލުން މިހާރު ކުރަމުން ގެންދާކަމަށް މައުލޫމާތު ލިބެއެވެ.

Advertisement
Allied — Dhen Online (box)

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދަން "ދެން"އިން ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް