Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރާއްޖެއަށް ޑްރަގު އެތެރެ ކުރާ ބޯޓުތަކަށް ބަޑި ޖަހާ ކަނޑު ފައްތަން ޖެހޭ: އުމަރު

ރާއްޖެއަށް ޑްރަގު އެތެރެ ކުރާ ބޯޓުތަކަށް ބަޑި ޖަހާ ކަނޑު ފައްތަން ޖެހޭ: އުމަރު

ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގްގެ ވަބާގައި ޒުވާން ޖީލު ޖެހުން ކަމަށާއި އެކަން ހުއްޓުވަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބެން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުގެ އިސް ނެންގެވުމުގެ މަތިން ހަދައިފައިވާ ސިޔާސީ ހަރަކާތެއް ކަމަށްވާ، ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، ދިވެހި ރާއްޖޭގެ ކަނޑުތަކުގައި މަސްތުވާތަކެތި އުފުލާ ބޭރުގެ ދޯނިތަކަަށް ވަގުތުން ބަޑި ޖަހާ ފައްތައިލާން ޖެހޭ ކަށެވެ.

އުމަރުގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެއަކީ މަސްތުވާތަކެތި އުފައްދާ ޤައުމެއް ނޫން ކަމުގައި ވީނަމަވެސް ރާއްޖޭގެ ވަށައިގެންވާ ޤައުމުތަކަކީ މަސްތުވާތަކެތި ހައްދާ، އުފައްދާ ޤައުމުތައް ކަމަށެވެ. މިހެންކަމުން ރާއްޖެ އޮންނަނީ ވަރަށް ނުރައްކާތެރި ޕޮއިންޓެއްގައި ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ފާހަގަ ކުރެއްވީ، އިރާގާއި، އަފްގާނިސްތާނާއި، ޕާކިސްތާން ފަދަ ޤައުމުތަކެވެ. އެއީ ދުނިޔޭގައި އެންމެ ގިނައިން މަސްތުވާތަކެތި އުފައްދާ ޤައުމުތަކެވެ.

Advertisement
Allied — Dhen Online (box)

"އިރާދަ ކުރެއްވިއްޔާ ރާއްޖެއަކީ އަދި މަސްތުވާތަކެތި އުފައްދާ ޤައުމެއް ނޫން، ހައްދާ ޤައުމެއް ނޫން. އެކަމަކު އަޅުގަނޑުމެން ކައިރީގައި އެބަހުރި މަސްތުވާ އެއްޗެހި ހައްދާ ބައިވަރު ޤައުމުތައް.. އެހެންވެ އަޅުގަނޑުމެން މި ތިބީ ވަރަށް ނުރައްކާތެރި ޕޮއިންޓެއްގައި. ޓްރާންސްޝިޕްމެންޓް ޕޮއިންޓެއްގައި. މިހާރަކަށް އައިސް މި ފެންނަނީ ކަނޑު ބޯޓު އައިސް ރާއްޖޭގެ ކަނޑަށް ޑްރޮޕްކޮށްލާ މަންޒަރު، ނޫނީ ރާއްޖޭގެ ދޯންޏެއް ނުކުމެ އެއްޗެއް ނަގައިގެން ގެންނަ މަންޒަރު." އުމަރު ވިދާޅުވިއެވެ.

އުމަރުގެ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހެދިފައި ހުންނަ ޤާނޫންތަކުގެ ސަބަބުން މަސްތުވާތަކެތި އުފުލާ ބޭރު ޤައުމުތަކުގެ ބޯޓުތައް ދޫވާ ކަމަށެވެ. މިގޮތުން ދާދި ފަހުން ކޯޓުން ދޫކޮށްލަން އަމުރު ކުރި އީރާންގެ ބޯޓުގެ ވާހަކަ ވިދާޅުވިއެވެ.

"އެންމެ ބޮޑު ހިތާމައަކީ ޤާނޫންތައް ވާވެފައި ހުރުން. ޤާނޫނުތައް ވާވެފައި ހުރުމުގެ ސަބަބުން އެންމެ ފަހުން ރާއްޖެއިން އަތުލައިގަތް އިރާންގެ ބޯޓް ވެސް ކޯޓުން ދޫކޮށްލީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެފައި. ޤާނޫންތައް މިހުރީ ވަރަށް ފަސޭހައިން ނިކުމެގެން ދެވޭ ގޮތަށް ފުރޭންޏެއްހެން ބައިވަރު ލޯވަޅުތައް އެޅިފައި" އުމަރު ވިދާޅުވިއެވެ

އުމަރު ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމުގައި ފުލުހުންގެ މައްސަލައެއް ނެތް ކަމަށާއި އެ މައްސަލަ އިތުރަށް ބޮޑު ވަމުން ދަނީ ސިޔާސީ ލީޑަރުންގެ ނިޔަތް ބަލިކަށިވެގެން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް