Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޤައުމީ މަޖިލީހުގެ ކޮންޓްރޯލް އޮތީ ނަޝީދަށް، ރިޔާސީ ޓިކެޓަށް ރައީސް ޞާލިޙް ޖެހިވަޑައިގަންނަވާނީ ޕްރަމަރީއަކަށްދާން: ބޮންޑޭ

ޤައުމީ މަޖިލީހުގެ ކޮންޓްރޯލް އޮތީ ނަޝީދަށް، ރިޔާސީ ޓިކެޓަށް ރައީސް ޞާލިޙް ޖެހިވަޑައިގަންނަވާނީ ޕްރަމަރީއަކަށްދާން: ބޮންޑޭ

ވެރިކަން ކުރާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ ޤައުމި މަޖިލީހުގެ ކޮންޓްރޯލު އެ ޕާޓީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ނަންގައިފިކަމަށް އެ ފެކްޝަނުން އިޢުލާނުކޮށްފައި ވަނިކޮށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމު ރަޝީދު (ބޮންޑޭ) އެކަމަށް ރައްދު ދެއްވައިފިއެވެ.

"ދެން"އާ ވާހަކަފުޅު ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ޤައުމީ މަޖިލީހުގެ ކޮންޓްރޯލު އޮތީ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުގައި ކަމަށެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުއަށް ލިބިވަޑައިގެންނެވީ 43 ގޮނޑި ކަމަށާއި ރައީސް ނަޝީދުއަށް 53 ގޮނޑި ކާމިޔާބު ކުރެއްވުނު ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އެހެންކަމުން ރިޔާސީ ޓިކެޓު ޞާލިޙުއަށް ކަށަވަރުވެއްޖެ ކަމަށް ބުނެ ފަތުރަމުން ގެންދަނީ ބުހުތާނު ދޮގުތަކެއް ކަމަށާއި ޓިކެޓު ބޭނުންފުޅުވާ ނަމަ ރައީސް ޞާލިޙު ވެސް ޖެހިވަޑައިގަންނަވާނީ ޕްރައިމަރީގައި ވާދަކުރައްވައިގެން ކާމިޔާބު ކުރައްވަން ކަމަށް ބޮންޑެ ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

Advertisement
Allied Insurance — Square (box)

"ސާފުކޮށް ފެންނަން އެ އޮތީ ތާއީދު ލިބި ރައްޔިތުން ބަރުލަމާނީ ނިޒާމަކަށް އާނއެކޭ ބުނެފިކަން. އެގޮތުން 96 ގޮނޑި ހުރި މަޖިލީހަކުން 53 ގޮނޑި ބަރުލަމާނީއަށް ތާޢީދުކުރައްވާ ކެންޑިޑޭޓުން ގެންދެވީމާ ދެން ކޮން އޮޅުވައިލުމެއްތޯ؟ ކޮންޓްރޯލު އޮތީ ރައީސް ނަޝީދު އަތްޕުޅުގައި. ބަރުލަމާނީ ގެންނަން އެއްވެސް ހުރަހެއް ނެތް. ރިޔާސީ ޓިކެޓު ދޭނީ ޕްރައިމަރީއިން ހޮވިވަޑައިގަންނަވާ ބޭފުޅަކަށް. ރައީސް ޞާލިޙް ވެސް ޖެހިވަޑައިގަންނަވާނީ ވާދަކުރަން. ނޫނީ ވާނީ ޑިމޮކްރެސީއާ ޚިލާފުކަމަކަށް. އެކަމެއް އެމްޑީޕީން ނުކުރާނެ" ބޮންޑެ ވިދާޅުވިއެވެ.

[caption id="attachment_116487" align="alignnone" width="864"]<img class="wp-image-116487 size-full" src="https://cdn.dhen.mv/wp-content/uploads/2021/09/l_162833145356XzuV.jpeg" alt="" width="864" height="558" /> މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމު ރަޝީދު (ބޮންޑޭ)[/caption]

އެމްޑީޕީގެ ޕާޓީގެ ބޭފުޅަކު ޤައުމުގެ ވެރިކަމުގައި ހުންނަވައިފި ނަމަ ދެވަނަ ދައުރެއް ދެއްވަން ޖެހޭނެ ކަމަށް ރައީސް ޞާލިޙަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުންދާތީ އެކަމާ ސުވާލު ކުރުމުން ބޮންޑޭ ވިދާޅުވީ، އެހެން އެގޮތަށް އެމްޑީޕީގެ އެއްވެސް ޤަވާއިދެއްގައި ނޯންނަ ކަމަށެވެ. އަދި އެކަން ނުވެސް ވާނެކަމަށް ބޮންޑެ ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކޮންޓްރޯލް ރައީސް ނަޝީދުގެ އަތްޕުޅުގައި އޮތް ކަމަށް ބޮންޑެ ވިދާޅުވާއިރު، ރައީސް ޞާލިޙުގެ ފެކްޝަނުން ބުނަމުންދަނީ އިއްޔެގެ އިންތިޚާބުން ރައީސް ނަޝީދުއަށް އެމްޑީޕީ ތެރޭގައި ތާޢީދު ނެތްކަން ހާމަވެއްޖެ ކަމަށާއި އަދި ބަރުލަމާނީ ނިޒާމަކަށް ވެސް ތާޢީދު ނެތް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް