Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިންޑިއާގައި ނިޔާވި ސުލްތާންގެ ހަށިގަނޑު މިއަދު މާލެ ގެންނަނީ

އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ތަމްރީން ހަދަމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ހަށިގަނޑު މިއަދުގެ 12:35 ހާއިރު، މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެއަރޕޯޓުން ސުލްތާންގެ ހަށިގަނޑު ގެންދެވޭނީ އާސަހަރާއަށް ކަމަށެވެ. އަދި ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދެވޭނީ ރަސްމީ އިއްޒަތުގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ސުލްތާން ނިޔާވީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ, ކޭމްޕް ގްރީން ޒޯންގައި އޮތް އެނޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައެވެ. އެ ދުވުމުގެ ތެރޭގައި ސުލްތާން ވެއްޓުމުން ވަގުތުން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް ސުލްތާން ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް