Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސުލްތާންގެ ޕޯސްޓްމޯޓަމެއް ނުހަދާ، ކަށު ނަމާދު މަޣްރިބް ނަމާދަށް ފަހު

ސުލްތާންގެ ޕޯސްޓްމޯޓަމެއް ނުހަދާ، ކަށު ނަމާދު މަޣްރިބް ނަމާދަށް ފަހު

އިންޑިއާގައި ނިޔާވި ސިފައިންގެ މީހާގެ ޕޯސްޓްމޯޓަމް ނުހަދާ ކަމަށާއި ކަށު ނަމާދު އޮތީ މިއަދު މަޣްރިބް ނަމާދަށް ފަހު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ސުލްތާންގެ ޕޯސްޓްމޯޓަމް ނުހަދާ ކަމަށާއި ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު 12:43 ގައި ރާއްޖެ ގެނެސްފައިވާ ކަމަށެވެ. ޕޯސްޓްމޯޓަމް ނުހަދަން ނިންމައިފައި ވަނީ އާއިލާގެ އެދުމުގެ މަތިންނެވެ.

ސުލްތާންގެ ޖަނާޒާގެ ކަންކަން ރަސްމީ އިއްޒަތުގައި ކުރިއަށް ގެންދެވޭނެ ކަމަށާއި ކަށުނަމާދު އޮންނާނީ އާސަހަރާ މިސްކިތުގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ސުލްތާންގެ މަރާ ގުޅިގެން ސިފައިންގެ ހުރިހާ މަރުކަޒުތަކެއްގެ ދިދަ 48 ގަޑިއިރަށް ބައި ދަނޑިއަށް ތިރިކޮށްފައިވާކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ސުލްތާން ނިޔާވީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީންޒޯންގައި އޮތް އެނޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައެވެ. އެ ދުވުމުގެ ތެރޭގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާން ވެއްޓުމުން ވަގުތުން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް ސުލްތާން ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް