Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަލިކިލޭގެފާނު މަގުން ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި ކެފޭއެއްގެ ތެރެއަށް ވަދެއްޖެ

އަލިކިލޭގެފާނު މަގުން ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި ކެފޭއެއްގެ ތެރެއަށް ވަދެއްޖެ

މާލެ އަލިކިލޭގެފާނު މަގުން ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި ކެފޭއެއްގެ ތެރެއަށް ވަދެ، އެ ކެފޭގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފިއެވެ.

އެނގިފައިވާ ގޮތުގަައި މިއަދު މެންދުރު ފަހު ހިނގި މި އެކްސިޑެންޓުގައި މުދާ އުފުލާ ވޭނެއް ކޮންޓްރޯލު ނުވެ ގޮސް ވަދެފައި ވަނީ، "މިސްޓާ ސަބް" ކެފޭގެ ތެރެއަށެވެ. އަދި އެ ކެފޭގެ ބިއްލޫރިގަނޑު ވަނީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ކެފޭގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ވަގުތު، އެތަނުގެ އެތެރޭގައި ތިބި ދެ މީހަކަށް ކުދިކުދި އަނިޔާ ވެފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މި ހާދިސާގެ ބައެއް ފޮޓޯތައް މިހާރު މީސް މީޑިއާގައި ދައުރުވަމުން ދާއިރު، އޭގެން ފެންނަ ގޮތުގައި އެ ކެފޭގެ ބޭރުގައި، މަގުގައި ހަރުކޮށްފައި ހުރި މަގުމަތީ ދެ ނިޝާން ބޯޑެއް ވެސް ވަނީ ކެފޭގެ ތެރެއަށް ވެއްޓިފައެވެ. އަދި އެ ކެފޭގެ ބޭރުގައި ޖަހާފައި ހުރި ޕޮލިސް ބެރިކޭޑްތައް ވެސް ވަނީ، މި އެކްސިޑެންޓުގެ ސަބަބުން ފުނޑުފުނޑު ވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް