Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ތިނަދޫ ޓީޗަރެއް ކޮވިޑަށް ފައްސިވެއްޖެ

ތިނަދޫ ޓީޗަރެއް ކޮވިޑަށް ފައްސިވެއްޖެ

ގދ.ތިނަދޫ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރެއް ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައި ވަނީ އެ ރަށުގެ ޕްރައިމަރީ ސްކޫލެއްގެ ޓީޗަރެކެވެ. މި ޓީޗަރު ފައްސިވެފައި ވަނީ އެ ސްކޫލުން ކުއްޖަކު ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން ބައެއް ގްރޭޑްތަކުގެ ދަރިވަރުން ކަރަންޓީން ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން އެ ރަށުގެ ސެކަންޑަރީ ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުންދާ ދަރިވަރެއް ވެސް ކޮވިޑް-19އަށް ފައްސިވެ، އެ ދަރިވަރުގެ ކުލާހުގައި ކިޔަވާ ދަރިވަރުން ވެސް ވަނީ ކަރަންޓީންކޮށްފައެވެ.

Advertisement
HDC — Sidebar (box)

ތިނަދޫގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެ ރަށުން އެކަކު ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. އެއާއެކު އެ ރަށުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 994އަށް އަރައިފައެވެ. މި ބަލީގައި 4 މީހުން އެ ރަށުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް