މާލެއިން ފައްސިވީ 38 މީހުންނާ އެކު މިއަދު ފައްސިވީ 122 މީހުން
ރާއްޖެއިން މިއަދު އިތުރު 122 މީހުން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 38 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 78 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 2 މީހުން ފައްސި ވެފައިވެއެވެ. އަދި ކަނޑުއުޅަނދުފަހަރުން ހަތަރު މީހުން މިބައްޔަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 84،484 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 82،676 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 231 މީހުން ނިޔާވެފައި ވެއެވެ.
Ads by Allied Insurance