Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނޫސްވެރިކަމުގެ މިނިވަން ކަމަކީ ރާއްޖޭގައި އެންމެ ބޮޑު އިސްކަން ދޭން ޖެހޭ ކަމެއް: ރައީސް ނަޝީދު

ނޫސްވެރިކަމުގެ މިނިވަން ކަމަކީ ރާއްޖޭގައި އެންމެ ބޮޑު އިސްކަން ދޭން ޖެހޭ ކަމެއް: ރައީސް ނަޝީދު

ނޫސްވެރިކަމުގެ މިނިވަން ކަމަކީ ރާއްޖޭގައި އެންމެ ބޮޑު އިސްކަން ދޭން ޖެހޭ ކަމެއް ކަމުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ބައެއް ހާލަތްތަކުގައި ހާމަކުރަންޖެހޭ ކަމަށް އޮތް މާއްދާއާ ގުޅޭ ގޮތުން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފި ނަަމަ ނޫސްވެރިން އާންމުކުރާ ޚަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އެ މާއްދާގެ (ހ)ގައި ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް އެ މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ދެ ހާލަތެއް ބަޔާންކޮށްފައިވެއެވެ.

Advertisement
Ooredoo — Square (box)

ހެއްކާ ބެހޭ ބިލަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެ ބިލުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހިމެނީ އޮސްޓްރޭލިއާގައި އަމަލުކުރާ އުސޫލަށް ރިއާޔަތްކޮށްފައި ކަމަށެވެ. ނަމަަވެސް އެ މާއްދާ އިސްލާހު ކުރެވިދާނެކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

" ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގައި އެންމެ ބޮޑަށް އިސްކަންދޭން ޖެހޭ ކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަސްދަރުގެ މައްސަލައިގައި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން ހުށަހެޅި ގޮތަށް ހެއްކާ ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ އެކަމުގެ ސަބަބުން ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ގެއްލި، ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް މަސްދަރުތަކުގެ ފަރާތުން މައުލޫމާތު ނުދިނުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް