މުނިފޫހިފިލުވުން

ބުނިގޮތާ ޚިލާފަށް ބޯކޮށުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 20 މިލިއަން ރުޕީސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިިންޑިޔާގެ ދިއްލީގައި މޮޑެލް ކުރާ މީހެއްގެ ބޯ ކޮށިގޮތާ މެދު ހިތްހަމަ ނުޖެހިގެން މައްސަލަ ހުށަހެޅި މީހަކަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 20 މިލިއަން އިންޑިއަން ރުޕީސް (416172.02 ރުފިޔާ) ދީފިއެވެ.

Ads by Sosun Fihaara

އިންޑިޔާގެ ނޭޝަނަލް ކޮންސިއުމާ ޑިސްޕިއުޓް ރެޑްރެސަލް ކޮމިޝަނުން ބުނެފައިވާ ގޮތުގައި 2018ވަނަ އަހަރު އާޝްނާ ރޯއީ ކިޔާ މީހަކު އިންޑިޔާގެ ހޮޓަލެއްގެ ސެލޫންއަކަށް ގޮސް އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތިރިން 10 ސެންޓިމީޓަރު ކުރުކުރަން ބުނުމުން އެ ސެލޫނުން ވަނީ އޭނާގެ ބޮލުގެ މަތިން 10 ސެންޓިމީޓަރު ބަހައްޓައި ބާކީބައި އެއްކޮށް ކޮށައިލާފައެވެ.

އާޝްނާ ބުނެފައިވާ ގޮތުގައި އެކަމުގެ ސަބަބުން އޭނާގެ މޮޑެލިން ކެރިއަރަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. އަދި މިކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައެވެ. މީގެ އިތުރުން އޭނާ ކުރިއަށް ކުރަން ހުރި މަސައްކަތްތަކެއް ގެއްލި ޓޮޕް މޮޑެލްއަކަށް ވުމުގެ ހުވަފެން ފުނޑުފުނޑުވި ކަމަށް ވެސް އިންޑިޔާގެ ނޭޝަނަލް ކޮންސިއުމާ ޑިސްޕިއުޓް ރެޑްރެސަލް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން އެކޮމިޝަނުން ވަނީ އާޝްނާގެ ބޯކޮށި ސެލޫންއިން އާޝްނާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުންގައި 20 މިލިއަން އިންޑިއަން ރުޕީސް 8 ހަފްތާތެރޭ ދިނުމަށް އަންގައިފައެވެ.

މިއާއެކު ޝޯޝަލް މީޑިޔާގައި އިންޑިޔާގެ ގިނަ ބަޔަކު ދަނީ ކޯޓުގެ މި ނިންމުމާ މެދު ކޯޓަށް ތައުރީފުކޮށް ޝުކުރު އަދާ ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!