Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

މޯލްޑިވްސް ފްލޯޓިން އައިލެންޑްސް މަސައްކަތް އަންނަ މަހު ފަށަނީ

މޯލްޑިވްސް ފްލޯޓިން އައިލެންޑްސް މަސައްކަތް އަންނަ މަހު ފަށަނީ
ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ކަމުގައިވާ "މޯލްޑިވްސް ފްލޯޓިން އައިލެންޑްސް"ގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެކަމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ކުންފުނިން ބުނެފިއެވެ. މާލެ އަތޮޅުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށް އެ މަޝްރޫއު އިފްތިތާހްކޮށްފައި ވަނީ މިދިޔަ މާޗުމަހުގެ ތެރޭގައެވެ.

ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްއާއި ސަރުކާރާ ދެމެދު ގާއިމުކުރި ޖޮއިންޓް ވެންޗާއެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފްލޯޓިން ސިޓީ އަޅާ ސަރަހައްދުގެ ކަނޑު އަޑީގެ ވެއްޔާއި ފަރުތަކުގެ ހާލަތު ބެލުމަށް ބޯ ހޯލިންގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށާއި އީއައިއޭ ތައްޔާރު ކުރުމުގެ ކަންކަން ވެސް ކުރަމުން އަންނަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޮލެންޑުގެ ޑަޗް ޑޮކްލޭންޑް ކުންފުނިން ލޯންޗު ކުރި މަޝްރޫއެކެވެ.

މި މަސައްކަތް އަލުން ފެށުމަށް ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ޙަފްލާއެއްގައި، އެމަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއާއި ރައީސް ނަޝީދެވެ. އެނގިފައިވާ ގޮތުގައި މިމަޝްރޫޢު ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ހޮލެންޑުގެ އެ ކުންފުންޏަށް ދީފައެވެ. ފްލޯޓިން ސިޓީން މާލެއަށް 10 މިނެޓްގެ ތެރޭގައި ދަތުރު ކުރެވޭނެ ކަމަށާއި މި ތަން ތަރައްގީ ކުރަނީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްއާއި ސަރުކާރާ ދެމެދު ގާއިމްކުރި ޖޮއިންޓް ވެންޗާއެއްގެ ދަށުން ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ޕްރޮޖެކްޓްގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް ވިދާޅުވީ މި ފްލޯޓިން ސިޓީގައި 5،000 ގެ ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވަރަށް ގިނަ ކުލަތައް ހިމެނޭ ގޮތަށް ގެތައް ހަދާ މި ސިޓީގައި، ދެބުރިއަށް ހަދާ ގެތަކުގެ މަތީގައި ޓެރަސްއެއް ވެސް ހަދާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް