Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ބާއްވަނީ

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ބާއްވަނީ

މިއަހަރުގެ އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް އަދި ދިރާގާ ގުޅިގެން ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

އެޗްޑީސީއިން ވިދާޅުވީ އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހު ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ރައްޓެހިންގެ ގްރޫޕްތަކާ އެކު ބައިވެރިވެވޭ ގޮތަށް ބޯޑް ގޭމްސް ފަދަ ކުޅިވަރުތައް ހިމެނިފައިވާނެ ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރު އަޅާ ގިނަ މަޢުލޫމާތުތަކެއް ދިނުމާއި އެ ފަރާތްތަކުގެ ހަކުރު އަދި ލޭގެ ޕްރެޝަރ ބަލާލުން ފަދަ ޚިދުމަތްތައް އެ ސަރަހައްދުން ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

https://twitter.com/hdcmaldives/status/1443231202429730819

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ވެސް، މި އަހަރުގެ ތީމް ކަމުގައިވާ "ޑިޖިޓަލް އެކުއިޓީ ފޯ އޯލް އޭޖަސް"އާ ގުޅުވައިގެން ދިރާގުގެ ފަރާތުން ވެސް ގިނަ ޚިދުމަތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް އެޗްޑީސީން ވިދާޅުވިއެވެ.

މި ހަރަކާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ 65 އަހަރުން މަތީގެ ގްރޫޕްތަކުން ރަޖިސްޓްރީ ވުމުގެ ފުރުޞަތު މިހާރު ހުޅުވައިލެވިފައިވާކަމަށާއި މިހަރަކާތްތައް ކުރިއަށް ގެންދާނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށްކަމަށް ވެސް އެޗްޑީސީން މައުލޫމާތު ދެއްވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް