ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމައަށް އެހީވާން އެމީހާގެ މައުލޫމާތު ލިޓަސްއިން ހޯދަނީ

ޚާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު ކޮނޑަށް ލައިގެން އޭނާގެ މަންމަދާ މަަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވެފައި ވަނިކޮށް، އެ މީހާއަށް އެހީތެރިވުމަށް ރާއްޖޭގައި ސައިކަލު ވިއްކުމުގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެއް ކަމަށްވާ ލިޓަސް އޮޓޯމޯބައިލްސްއިން އިސްނަގައިިފިއެވެ.
ލިޓަސްއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އެ މީހާގެ މައުލޫމާތު އެނގޭ ފަރާތެއް ހުރި ނަމަ ހިއްސާކޮށްދޭން ވަނީ އެދިފައެވެ. އަދި އެ ޕޯސްޓްގައި ބުނެފައި ވަނީ، މި ފަހުން އާއްމުވި ވީޑިއޯގައި މަންމައިން ދަރީންގެ ހައްޤުގައިވާ ޤުރުބާނީތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއް ފެނިގެންދިޔަ ކަމަށެވެ.
އެ މަންމަ ދަރިފުޅު ކޮނޑަށް ލައިގެން ފައިމަގުގައި ހިނގާފައި ގެއަށް ދާތަން ފެންނަ ކަމަށާއި އެ މަންމައާ ގުޅޭނެ މައުލޫމާތު ހޯދަން ގަސްތު ކުރާ ކަމަށް ބުނެފައިވެއެވެ، އަދި އެއީ ކޮންމެވެސް މިންވަރެއްގެ އުފާވެރި ޚަބަރެއް ދިނުމުގެ ނިޔަތުގައި ކަމަށާއި މައުލޫމާތު ހޯދުމަށް މިކަމުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ދެއްވުމަށް އެޕޯސްޓްގައި އެދިފައިވެއެވެ.
<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Flitusautomobiles%2Fposts%2F2019954921492103&show_text=false&width=500" width="500" height="497" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe>
ލިޓަސްއިން މި މަންމައަށް އެހީތެރިވާން ނިންމައިފައިވާއިރު، ކޮންމެ ދުވަހަކު މި މަންމަ ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓުން ފޭސް އެކެއްގެ ބަސް ސްޓޮޕަކާ ހަމައަށް ހިނގައިފައިދެއެވެ. ފޭސް ދެއަކަށް މިހާތަނަށް ބަހުގެ ޚިދުމަތް ފަށައިފައި ނުވާތީ ކޮންމެ ދުވަހަކު ޓެކްސީގައި ކުއްޖާ ސްކޫލަށް ފޮނުވޭނެ ފައިސާ ނެތުމުން ހިނގައިފައިދާ ކަމަށް މީގެ ކުރިން މީޑިއާއަކަށް މައުލޫމާތު ދިން ފަރާތަކުން އެ ދައްތައާ ހަވާލާދީ ބުނެފައިވެއެވެ.





.webp)
ކޮމެންޓް