ޚަބަރު

ހިޔާ ފުލެޓްގެ ހުރިހާ ޓަވަރަކަށް ފެނާއި ކަރަންޓް ދީފި، ކުލި ނަގާނީ 3 މަސްފަހުން!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހުރިހާ ޓަވަރަކަށް ފެނާއި ކަރަންޓް ފޯރުކޮށްދީފި ކަމަށާއި ގްރޭސް ޕީރިއަޑް ގުނަން ފަށާނީ ފެނާއި ކަރަންޓް ދޫކުރިތާ 3 މަސް ފަހުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ފްލެޓު ލިބުނު މީހުންނާ އެކު އެޗްޑީސީން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، އެ އެއްބަސްވުމުގައި ސޮއިކުރާއިރު އެ ޓަވަރަކަށް ފެނާއި ކަރަންޓު ނުލިބޭ ނަމަ ގްރޭސް ޕީރިއަޑްގެ ތިން މަސް ގުނަން ފަށާނީ އެ ޓަވަރަކަށް ކަރަންޓާއި ފެން ލިބުނުކަން އެޗްޑީސީން އިއުލާނުކުރުމުންނެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ އިއްޔެގެ ނިޔަލަށް ފްލެޓުގައި ސޮއިކޮށްފައިވާ މީހުންގެ ގްރޭސް ޕީރިއަޑް މިއަދުން ފެށިގެން ހިނގާތީ، ތިން މަސް ފަހުން ކުލި ނަގަން ފަށާނެ ކަމަށެވެ.

ހިޔާ ފުލެޓްތަކަށް މިހާރު މީހުން ބަދަލުވާން ފަށާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހިން އަސާސީ ހިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާއާއި އެފުލެޓުތަކުގެ ކުލި ބޮޑުކަމުގެ ޝަކުވާތައް އަދިވެސް ދަނީ ކުރަމުންނެވެ.

އެހެން ނަމަވެސް އެޗްޑީސީން މަސައްކަތް ކުރައްވަމުން ދަނީ ވީހާވެސް އަވަހަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހެދުމަށެވެ، މިގޮތުން އެމްޓީސީސީން މިއަދު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ދޭންފަށައިފައެވެ. ހަމަ އެހެންމެ އެސަރަހައްދުގައި ވަގުތީ މިސްކިތަކާއި ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!