Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ސިފާ އަދުރޭއަށް: ސިޔާސީ ބޭނުމަށް ދެއުޅިއެއް ނުވާ ވާހަކަ ނުދައްކާ!

ސިފާ އަދުރޭއަށް: ސިޔާސީ ބޭނުމަށް ދެއުޅިއެއް ނުވާ ވާހަކަ ނުދައްކާ!

ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ވެސް ދެއުޅިއެއް ނުވާފަދަ ވާހަކަތައް ނުދެއްކުމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު، އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމު އަބްދުﷲއަށް ގޮވައިލައްވައިފިއެވެ.

އިސްލާމް މާއްދާ އިނގިރޭސީ ބަހުން ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ސަރުކާރަށް ތުހުމަތުތަކެއް ވަނީ ކުރައްވައިފައެވެ.

ރޭ އިދިކޮޅުން މިނިވަންކަމުގެ ދިފާއުގައި ދިވެހިންގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ އިސްލާމް މާއްދާ ދިވެހިން ކިޔަވައިދިނުމުގެ ބަދަލުގައި އިނގިރޭސި ބަހުން ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ މަޝްވަރާ ކުރަމުންދާ ކަމަށާއި އެކަން ކުރަމުން ދަނީ "މަކަރުވެރި ޔަހޫދީ ވިސްނުމުގެ ތެރެއިން"ކަމަށް ސިފަ ކުރައްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/SifaMohammed/status/1443778157354500096?s=20

އަދުރޭގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ސިފާ ކުރެއްވި ޓްވީޓެއްގައި ވަނީ ދުނިޔެ ޤަބޫލުކުރާ ވަރުގެ ސެޓްފިކެޓެއް ދަރިންނަށް ލިބެން އަދުރޭ ނޭދެނީތޯ އައްސަވައި ސުވާލެއް އަމާޒުކުރައްވައިފައެވެ.

އިސްލާމިކު ރިސާޗު ހެދޭވަރުގެ ފޮތްތަކެއް ދިވެހިން ލިޔެފައި އެބަހުރިތޯ ސުވާލުކޮށް ސިފާ ވަނީ އެހެންކަމުން ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ވެސް ދެއުޅިއެއް ނުވާފަދަ ވާހަކަތައް ނުދެއްކުމަށް އަދުރޭއަށް އިލްތިމާސް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް