Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަޑުބަރޭ ކުޅޭތީ ޤައުމީ ޓީމަށް ސަޕޯޓެއް ނުކުރަން: ކުރީގެ ހައުސިންގ މިނިސްޓަރ އާތިފާ

އަޑުބަރޭ ކުޅޭތީ ޤައުމީ ޓީމަށް ސަޕޯޓެއް ނުކުރަން: ކުރީގެ ހައުސިންގ މިނިސްޓަރ އާތިފާ

އައްސަދު އަލީ (އަޑުބަރޭ) ޤައުމީ ޓީމުގެ ސްކޮޑްގައި ހިމަނައިފައި ވާތީ ޤައުމީ ޓީމަށް ސަޕޯޓް ނުކުރަން ނިންމަވައިފައިވާ ކަމަށް މި ސަރުކާރުގެ ފުރަތަމަ ހައުސިންގ މިނިސްޓަރ އައިމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އާތިފާ ވިދާޅުވީ، މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ޤައުމީ ޓީމަށް ސަޕޯޓް ނުކުރަން ނިންމަވައިފައިވާ ކަމަށާއި އަދި މެޗްތައް ވެސް ނުބަލަން ނިންމަވައިފައިވާ ކަމަށެވެ. މިގޮތަށް ނިންމަވައިފައި ވަނީ އެތައް ބަޔަކަށް ޖިންސީ ގޯނާ ކުރި މީހަކު 'ފިލުވާލަން' އެހީތެރިވެދިން މީހަކު ޤައުމީ ޓީމްގެ ސްކޮޑްގައި ހިމަނާފައި ވާތީ ކަމަށް ވެސް އާތިފާގެ ޕޯސްޓްގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޤައުމީ ޓީމްގެ އެެއްވެސް މީހަކާ މެދު އެއްވެސް ހިތް ބުރަ ކަމެއް ނެތް ކަމަށާއި އެހެން ނަމަވެސް އެފަދަ މީހަކު ޤައުމީ ސްކޮޑްގައި ހިމަނައިފައި ވާތީ ސަޕޯޓް ކުރަން ބޭނުން ނުވާ ކަމަށެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށްފައި ވަނީ، އަލީ ވަހީދު ވަނީ ރާއްޖެ އަނބުރާ އަންނަ ގޮތަށް އަޑުބަރޭ ޖާމިނުކޮށް ރާއްޖެއިން ބޭރަށް ގޮސްފައެވެ. އަލީ ވަހީދަށް ފަރުވާ ކުރަން ދިން މުހުލަތު ހަމަވެގެން އެތައް ދުވަހެއް ވެފައިވާއިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. މިއާ އެކު، އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރުމަށް އެދި ޕީޖީ އޮފީހުން ވަނީ މިދިޔަ މެއި މަހުގެ ކުރީކޮޅު ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ. އެހެން ނަމަވެސް އެ ހުކުމް ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން އެންގިއެވެ. މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް ޕީޖީއިން ބުނި ނަމަވެސް އެކަންކޮށްފައެވެ.

Advertisement
Allied — Dhen Online (box)

އުމުރުން މިހާރު 35 އަހަރުގެ އަޑުބަރޭ 2018ވަނަ އަހަރު ޤައުމީ ޓީމުން ވަނީ ރިޓަޔަރކޮށްފައެވެ. އެހެން ނަމަވެސް، މިފަހަރު ވެސް ޤައުމީ ޓީމުގެ ސްކޮޑްގައި އޭނާ ހިމަނައިފައިވެއެވެ.

އަޑުބަރޭ ޤައުމީ ޓީމްގައި ހިމަނައިފައި ވާތީ، އިތުރު ބައެއް ފަރާތްތަކުން ވެސް ދަނީ ނުރުހުންވުން ފާޅު ކުރަމުންނެވެ. މީގެ ތެރޭގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވެސް ހިމެނިވަޑައިގަންނަވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް