ފައްސިވީ އަދަދުތައް ރިކޯޑު އަދަދަކަށް މިއަދު މަދު

ރާއްޖެއިން މިއަދު އިތުރު 57 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 22 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 34 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސިވީ އެކަކެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 84،866 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 83،074 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 24 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 231 މީހުން ނިޔާވެފައި ވެއެވެ.





.webp)

ކޮމެންޓް