Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ފާއިތު ވި އަހަރު އިންޑިޔާގައި ދުވާލެއްގެ މައްޗަށް، ކުޑަކުދިންނާ ގުޅުންހުރި 350 މައްސަލަ ހުށައަޅައިފައިވޭ

ފާއިތު ވި އަހަރު އިންޑިޔާގައި ދުވާލެއްގެ މައްޗަށް، ކުޑަކުދިންނާ ގުޅުންހުރި 350 މައްސަލަ ހުށައަޅައިފައިވޭ
ފާއިތުވި އަހަރު އަވައްޓެރި އިންޑިޔާގައި ދުވާލެއްގެ މައްޗަށް، ކުޑަކުދިންނާ ގުޅުން ހުރި 350 މައްސަލަ ހުށައަޅައިފައި ވާކަމަށް އިންޑިޔާގެ ނޭޝަނަލް ކްރައިމް ރިކޯޑްސް ބިއުރޯއިން ބުނެފިއެވެ. އެންސީއާރބީއިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު އެ ބިއުރޯއަށް ކުޑަކުދިންނާ ގުޅުން ހުރި 1،28،531 މައްސަލައެއް ވަނީ ހުށައަޅައިފައެވެ. މިއަދަދަކީ 2019ވަނަ އަހަރާ އަޅާބަލާއިރު 13.3 އިންސައްތައިގެ ދަށް ވުމެއްކަމަށް ވެސް އެ ބިއުރޯއިން ވަނީ ބުނެފައެވެ. 2019ވަނަ އަހަރު އެ ބިއުރޯއަށް ކުޑަކުދިންނާ ގުޅުން ހުރި 1،48،185 މައްސަލަ ވަނީ ހުށައަޅައިފައެވެ. އެބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައިން 2019ވަނަ އަހަރު ހުށައެޅުނު މައްސަލަތަކަށް ވުރެ 2020 ވަނަ އަހަރު ހުށައެޅުނު މައްސަލަތައް މަދުވި ނަމަވެސް ކުޑަކުދިން ކައިވެނި ކުރުމުގެ މައްސަލަތައް 2020 ވަނަ އަހަރު ވަނީ އިތުރުވެފައެެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އެބިއުރޯއިން ވަނީ ބުނެފައެވެ.
މިގޮތުން ބަލާލާއިރު 2019 ވަނަ އަހަރު ކުޑަކުދިން ކައިވެނި ކުރުވުމުގެ 525 މައްސަލަ ހުށައަޅައިފައި ވާއިރު 2020 ވަނަ އަހަރު ވަނީ މިފަދަ 785 މައްސަލައެއް ހުށައަޅައިފައެވެ. މީގެ އިތުރުން ވެސް ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކާއި ރޭޕް ކުރުމުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމުގެ މައްސަލަކުގެ އިތުރުން ކުޑަކުދިން ޓްރެފިކް ކުރުމުގެ މައްސަލަތައް ވެސް ވަނީ އެބިއުރޯއަށް ގިނަ އަދަދަކަށް ހުށައަޅައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް