މުނިފޫހިފިލުވުން

އަރާމު ކުރުމެއް ނެތި މަސައްކަތުގައި އުޅުމުގެ ސަބަބުން ޝްވެތާ އެޑްމިޓުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަޝްހޫރު ޑްރާމާ ސީރީޒް "ކަސޯޓީ ޒިންދަގީ ކީ"އިން "ޕްރޭނާ"ގެ ރޯލުން ވިދާލި އެކްޓްރެސް ޝްވެތާ ތިވާރީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ޝްވެތާ އެޑްމިޓު ކުރީ، ގައިން ވަރުދޫވުމުގެ އިތުރުން ލޭގެ ޕްރެޝަރު ވެސް ވަރަށް ބޮޑަށް ދަށް ވުމުގެ ސަބަބުންނެވެ.

ޝްވެތާގެ ޓީމުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ފާއިތުވީ ދުވަސްތަކުގައި ޝްވެތާ އުޅުނީ ވަރަށް ބުރަކޮށް ކަމަށާއި މާގިނައިން ދަތުރު ކުރަން ޖެހުމާއި މޫސުމަށް އައި ބަދަލުތަކުގެ ސަބަބުން އަރާމު ކުރަން ޖެހޭ ވަރަށް ޝްވެތާއަށް ހުރީ އަރާމު ނުކުރެވި ކަމަށެވެ.

ޝްވެތާ ވަނީ ރިއަލިޓީ ޝޯ "ޚަތުރޯ ކީ ކިލާޅީ" ގައި ވެސް ބައިވެރިވެ، ސައުތު އެފްރިކާގައި ވެސް ފާއިތުވި ދެ މަސް ދުވަސް ހޭދަ ކޮށްފައެވެ. އެއަށްފަހު އިންޑިއާއަށް އެނބުރި އައިސް ވެސް، އެ ޝޯގެ ފިނާލޭގައި ވެސް ޝްވެތާ ވަނީ ވާދަ ކޮށްފައެވެ.

ޝްވެތާ ދަނީ އޭނާގެ އަމިއްލަ ދިރިއުޅުމަށް ވެސް ގެނައި ބޮޑެތި ބަދަލުތަކުގެ ސަބަބުން ޚަބަރުތަކުގެ ސުރުޙީތަކަށް އަރަމުންނެވެ. އެގޮތުން އޭނާގެ ބަރުދަން ލުއިކޮށް، ހަށިގަނޑަށް ގެނައި ބޮޑު ބަދަލުގެ ސަބަބުން ވެސް އެތައް ބަޔަކު އޭނާއަށް ތައުރީފު ކޮށްފައިވެއެވެ.

އޭގެ ކުރިން އޭނާގެ ދެވަނަ ކައިވެނީގެ ސަބަބުން ވެސް ޝްވެތާ ވަނީ އިތުރަށް މަޝްހޫރު ވެފައެވެ. އެގޮތުން އޭނާގެ ފިރިމީހާ އަބީނަވް ކޯލީ ބުނެފައި ވަނީ، ޝްވެތާ ވަނީ އެމީހުންގެ ދަރިފުޅު އޭނާއާ ދުރުކޮށްފައި ކަމަށާއި ފުރައިގެން ދިޔައީ ވެސް ދަރިފުޅު އޭނާއަށް ފޮރުވައިފައި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!