Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ދޭން ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ދޭން ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވެސް ބަހުގެ ހިދުމަތް ދޭން ފަށައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސާ ހަމައަށް ބަހުގެ ހިދުމަތް ދޭން ފަށާފައި ވަނީ އިއްޔެ ހެނދުނުން ފެށިގެންނެވެ. މި ހިދުމަތް ދޭން ފަށައިފައިވީ ނަމަވެސް، ހިދުމަތުގައި ބޭނުންކުރަން ނިންމައިފައިވާ ބަސް ސްޓޮޕްތަކުގެ މަސައްކަތްތައް އަދިވެސް ނިންމައިލެވިފައެއް ނުވެއެވެ.

ހިޔާ ފްލެޓުތަކަށް އެމްޓީސީސީން ދެމުން ގެންދާ ބަހުގެ ހިދުމަތް ދެނީ ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން ރޭގަނޑު 11:45 އަށެވެ. ނަމަވެސް ހުކުރު ދުވަހު ހެނދުނު 11:45 އިން މެންދުރު ފަހު 1:45އަށް ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް މެދުކަނޑާލާކަން ވެސް އެނގިފައިވެއެވެ. ހުޅުމާލޭ ބަހުގެ ހިދުމަތުގެ އަގަކީ ފަސް ރުފިޔާއެވެ.

Advertisement
Allied — Dhen Online (box)

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރުއެވެ. ނަމަވެސް އެއީ އަމިއްލަ މީހުންނަށް ވިއްކާފައިވާ ބިންތަކުގައި ހަދާފައިވާ މަދު ގެއެއްގައި އުޅޭ މަދު އާއިލާތަކެކެވެ. ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރި ހިޔާ ފްލެޓްތަކަށް ވެސް މިހާރު 60 ވަރަކަށް އާއިލާ ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް