ޚަބަރު އިޖުތިމާޢީ

ގާބުރިއަކުން ޖަހައި ޓެކްސީއަކަށް ގެއްލުން ދީފި، ސީސީޓީވީ ކެމެރާއެއް ނެތް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލޭ މަގުމަތީގައި ގެއްލުންދިން ޓެކްސީ
މާލޭ މަގުމަތީގައި އޮތް ޓެކްސީއަކަށް ގާގަނޑަކުން ގެއްލުން ދީފައި

މާލޭ މަގެއްގެ މަތީގައި ޕާކުކޮށްފައި އޮތް ޓެކްސީއެއްގައި ގާބުރިއަކުން ޖަހައި އެއަށް ގެއްލުން ދީފިއެވެ.

Ads by Hajj Corporation

ގެއްލުން ދިން ޓެކްސީގެ ވެރިފަރާތުން މިކަން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިޔުޒިކީ ހިނގުމުގައި ހުންނަ ފުރުގާން މިސްކިތް ކައިރީގައި އެ ޓެކްސީ ޕާކްކޮށްފައި އޮއްވައި ގެއްލުން ދީފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

"މިއަދު ޓެކްސީއަށް އަރަން އައިއިރު މިއޮތީ އޮތް ހާލު" ފޮޓޯއެއް ހިއްސާކުރަމުން އޭނާ ލިޔުނެވެ.

އެ ޓެކްސީގެ ކުރިމަތީ ބިއްލޫރިގަނޑު ވަނީ ތަޅައިލާފައެވެ. އޭނާ ބުނި ގޮތުގައި ގެއްލުން ދިން ފަރާތެއް ހޯދަން އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާއެއް ހުރިތޯ ބެލިއިރު ކެމެރާއެއް ވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ސަރަހައްދަކީ ގަލޮޅު ވިލީ ފުލުސް ހުންނަ ސަރަހައްދުކަން އޭނާ ފާހަގަކުރިއެވެ.

މުއްތަލިބު އަލީ ނަމަކަށް ކިޔާ އެ މީހާ ވަނީ މާޗު ބްރޭންޑުގެ ކާރުގެ ވިންޑް ސްކްރީނެއް ލިބޭނެ ތަނެއް ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.

މީހުން ތޮއް ޖެހިފައިވާ މާލޭގެ މަގުތަކުގައި ކުށް ގިނަވާތީ ސީސީޓީވީ ފުޓޭޖު ހަރުކުރަން މީގެ ކުރިން ވެސް ގިނަ ބަޔަކު އެދުނެވެ. އަދި ކެމެރާ ހަރުކުރުމުގެ މަސައްކަތް ފުލުހުން ފެށި ވެސް މެއެވެ. އެހެން ނަމަވެސް އަދިވެސް ބައެއް ސަރަހައްދުތަކުގައި ކެމެރާ ނުހުންނާތީ އެކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!