ބަދަލު ހިފުމުގެ ގޮތުން އިންޑިއާއަށް ދަތުރު ކުރާ އިނގެރޭސިވިލާތުގެ މީހުން ކަރަންޓީން ކުރަން ނިންމައިފި
ވެކްސިން ފުރިހަމަކޮށްފައިވާ އިނގިރޭސިވިލާތުގެ ރައްޔިތުން ވެސް އިންޑިޔާއަށް އެތެރެވެވޭނީ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކޮށްގެން ކަމުގައި އިންޑިޔާއިން ބުނެފިއެވެ.
މިނިންމުން ނިންމައިފައި ވަނީ އިންޑިޔާއިން ކޮވިޑް-19އާ ދެކޮޅަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ގަބޫލު ނުކުރާނެކަމަށް އިނގިރޭސި ވިލާތުން ބުނި ބުނުމަކީ ތަފާތުކުރުން ކަމަށާއި އެ ނިންމުން އަލުން މުރާޖައާ ކުރުމަށް އިންޑިޔާއިން ބުނުމަށް ފަހުއެވެ.
އިންޑިޔާއިން މި ނިންމި ނިންމުމާ އެކު އަންނަ ހޯމަ ދުވަހުން ފެށިގެން އިންޑިޔާއަށް އެތެރެވާ އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އިންޑިޔާއަށް އެތެރެ ވެވޭނީ ވެކްސިނުގެ ދެވަނަ ޑޯޒް ފުރިހަމަކޮށް 72 ގަޑިއިރު ނުވާ ނައްސި ޕީީސީއާރ ނަތީޖާއަކާ އެކުއެވެ. އަދި އިންޑިޔާއަށް އެތެރެވުމަށް ފަހު އަނެއްކާ ވެސް ދެވަނަ ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭ އިރު އަނެއްކާ 8 ދުވަސްފަހުން 3 ވަނަ ޕީސީއާރް ޓެސްޓެއް ހަދަން ޖެހެއެވެ. މީގެ އިތުރުން 10 ދުވަހުގެ ކަރަންޓީނެއް ވެސް އިންޑިޔާއަށް ދާ އިނގިރޭސިވިލާތުގެ ރައްޔިތުން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އިންޑިޔާއިން ބުނެއެވެ.
މިދިޔަ މަހު އިނގިރޭސިވިލާތުގެ ސަރުކާރުން އާއްމު ކުރި ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެގައުމަށް އެތެރެވުމަށް ފަހު ކަރަންޓީނުވާން ނުޖެހޭނީ ވަކި ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި އެގައުމުން ބުނެފައިވާ ގޮތުގައި އެގައުމަށް އެތެރެ ވެވޭނީ ހަމައެކަނި އެމެރިކާ އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ގަައުމުތަކުން ހުއްދަ ދީފައިވާ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ. މިވެކްސިންތަކުގެ ތެރޭގައި އޭޝިޔާގެ ގައުމުތަކުގައި އުފައްދާފައިވާ ގިނަ ވެކްސިންތަކެއް ހިމަނައިފައި ވާއިރު އިންޑިޔާއިން އުފައްދައިފައިވާ ކޮވިޝީލްޑް ވެކްސިން ހިމަނައިފައެއް ނުވެއެވެ. އަދި އެފްރިކާ ބައްރުގެ ގައުމުތަކުގައި އުފައްދައިފައިވާ ވެކްސިން ވެސް އެލިސްޓުގައި ހިމަނައިފައެއް ނުވެއެވެ.
އިންޑިޔާގެ ފެންވަރު