ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ސްކޫލެއް އަޅަން ސޮއިކޮށްފި

ހުޅުމާލެ ފޭސް ދޭއްގައި ޕްރައިވެޓް ސްކޫލެއް ގާއިމުކުރުމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި އައިލެންޑާސް އެޑިއުކޭޝަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އެވެ. އަދި އައިލެންޑާޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކިއުޓިވް ޑިރެކްޓަރު އަހްމަދު އަދުލީ ރަޝީދުއެވެ.
އައިލެންޑަރސް އެޑިއުކޭޝަންއިން ރާއްޖޭގައި މިހާރު ވެސް ތިން އިންޓަނޭޝަަލް ސްކޫލް ހިންގަމުންދެއެވެ.އެއީ ބިލަބޮންގ ކެންގަރޫ ކިޑްސް، އަދި އިގްރާ އިންޓަނޭޝަނަލްގެ އިތުރުން ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތައް އިތުރުވަމުން އަންނައިރު ދެވަަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅަން ވަނީ ނިންމައިފައެވެ. މިއަދު ހަވާލުކޮށްފައި މިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ތިންވަނަ ސްކޫލްގެ މަސައްކަތެވެ. ފުރަތަމަ ސްކޫލް އަޅަން ހަވާލު ކުރީ މިދިޔަ ފެބްރުއަރީ މަހުގައެވެ. މި ސްކޫލުގެ މަސައްކަތް އަމީން ކޮންސްޓަރަކްޝަންއާ ހަވާލުކޮށްފައި ވަނީ މިއަންނަ އަހަރުގެ މާރިޗް މަހަށް ނިންމާ ގޮތަށެވެ އަދި ދެވަނަ ސްކޫލް މިދިޔަ ޖޫން މަހު އާރްސީސީއާ ހަވާލުކޮށްފައިވެއެވެ.