Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފެސިލިޓީގައި އޮތް ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ނަރުހުން އަޅައިނުލާކަމުގެ ތުހުމަތު

ފެސިލިޓީގައި އޮތް ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ނަރުހުން އަޅައިނުލާކަމުގެ ތުހުމަތު

ކޮވިޑް-19އަށް ފައްސިވެ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ނަރުހުން އަޅައިނުލާކަމުގެ ތުހުމަތު އޭނާގެ އާއިލާއިންކޮށްްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއްވެސް ޙަރަކާތެއް ނުކުރެވޭ ނުކުޅެދުންތެރިކަން ހުންނަ 27 އަހަރުގެ އަންހެން ކުއްޖަކު ކޮވިޑަށް ފައްސިވެ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދާ ކަމަށެވެ. އަދި ކުއްޖާގެ މަންމައާއި ބައްޕަ ވެސް ކޮވިޑަށް ފައްސިވެފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކުއްޖާއަށް އެހީތެރިވެދިނުމަށް ތަކުރާރުކޮށް ނަރުހުންގެ ކިބައިން ބެލެނިވެރިން އާދޭސްކުރަމުން ދާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވިދާޅުވެއެވެ. އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއަށް އެ އެސޯސިއޭޝަނުން ވަނީ ގޮވައިލާފައެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/mapd_new/status/1444288478749937666?s=21

މަޢުލޫމާތު ލިބޭ ގޮތުގައި އެމީހާ ކޮވިޑަށް ފައްސިވެފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ އަކީ ވާހަކަ ނުދެއްކޭ, ހިނގާބިނގާވެ ނޫޅެވޭ މީހެކެވެ. މިކަމާ ގުޅިގެން ކަމާ ބެހޭ އިދާރާއަކުން މިހައިތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް