Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލުން ކުޑަ އަންހެން ކުއްޖެއްގެ ގަޔަށްޖެހި އިންޖެކްޝަނަކާ ގުޅިގެން ނިޔާވި ކަމުގެ ތުހުމަތު!

ފުވައްމުލަކު ހޮސްޕިޓަލުން ކުޑަ އަންހެން ކުއްޖެއްގެ ގަޔަށްޖެހި އިންޖެކްޝަނަކާ ގުޅިގެން ނިޔާވި ކަމުގެ ތުހުމަތު!

ޏ. ފުވައްމުލަކު ސިޓީގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކު އެ ރަށު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ނިޔާވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ މުޙައްމަދު ލިރާރް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސައި ހޮޑުލާތީ ކަމަށެވެ. އެ ކުއްޖާއަށް ފަރުވާދެނިކޮށް ނިޔާވެފައިވާ ކަމަށާއި ނިޔާވާން ދިމާވި ސީދާ ސަބަބެއް އަދި އެނގިފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

ކުއްޖާ ނިޔާވީ ފުވައްމުލަކު ހޮސްޕިޓަލުން ޖެހި އިންޖެކްޝަނަކާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ތުހުމަތު ކޮށްފައެވެ.

Advertisement
Allied Insurance — Square (box)

"މިރޭ 7:08ގައި ކުއްޖާ މަރުވީ. އައިޖީއެމްއެޗުގެ ޓީމެއްގެ ލަފަޔާއެކީ ރަނގަޅަށް ފަރުވާ ދިޔަ. މަރުވާން ދިމާވި ސަބަބެއް އަދި ނޭނގޭ. ތިޔަ ވިދާޅުވާ ފަދަ އިހުމާލެއް ވެވިފައިވާކަން އެނގިފައެއް ނުވޭ. އެހެން ނަމަވެސް ވެފައިވާ ނަމަ އެކަން މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން ބަލަމުން ދާނެ" ލިރާރް ވިދާޅުވިއެވެ.

ލިރާރު ވިދާޅުވީ، އެއްވެސް އިހުމާލެއް ވާނަމަ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެކަން ބަލައި، އެއްބާރުލުން ދޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް