Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނިޔާވި 6 އަހަރުގެ ކުއްޖާގެ ކަށު ނަމާދު ފަތިސް ނަމާދަށް ފަހު

ނިޔާވި 6 އަހަރުގެ ކުއްޖާގެ ކަށު ނަމާދު ފަތިސް ނަމާދަށް ފަހު

ޏ. ފުވައްމުލަކު ސިޓީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ނިޔާވި އުމުރުން 6 އަހަރުގެ ކުއްޖާގެ ކަށު ނަމާދު މިރޭ ފަތިސް ނަމާދަށް ފަހު އޮންނާނެއެވެ.

އުމުރުން 6 އަހަރުގެ ސާދާ ސައުދުﷲ އަޙްމަދު ހަސަންގެ ކަށުނަމާދު އޮންނާނީ ފުވައްމުލަކު ، މަސްޖިދު އިނާރާގައެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ މުޙައްމަދު ލިރާރް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސައި ހޮޑުލާތީ ކަމަށެވެ. ޑޮކްޓަރުން އެ ކުއްޖާއަށް ފަރުވާދެނިކޮށް ނިޔާވެފައިވާ ކަމަށާއި ނިޔާވާން ދިމާވި ސީދާ ސަބަބެއް އަދި އެނގިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

އާއިލާއިން ބުނެފައި ވަނީ އިންޖެކްޝަން ޖެހިފަހުން ކުއްޖާގެ ބަލީގެ ހާލަތު ގޯސްވެ، ކުއްޖާގެ ހަރަކާތް ހުއްޓުނު ކަމަށެވެ. ނިޔާވިއިރު، އެކަން ހޮސްޕިޓަލުން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އާއިލާއިން ބުނެއެވެ. މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ލިރާރު ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާކަމެއް އެނގިފައިނުވާ ކަމަށާއި އިޙްމާލެއްވާ ނަމަ މައްސަލަ ބައްލަވާނެ ކަމަށެވެ.

"މިރޭ 7:08 ގައި ކުއްޖާ މަރުވީ. އައިޖީއެމްއެޗުގެ ޓީމެއްގެ ލަފަޔާއެކީ ރަނގަޅަށް ފަރުވާ ދިޔަ. މަރުވާން ދިމާވި ސަބަބެއް އަދި ނޭނގޭ. ތިޔަ ވިދާޅުވާ ފަދަ އިހުމާލެއް ވެވިފައިވާކަން އެނގިފައެއް ނުވޭ. އެހެން ނަމަވެސް ވެފައިވާ ނަމަ އެކަން މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން ބަލަމުން ދާނެ" ލިރާރް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް