އާރްޔާން މަސްތުވާތަކެތި ބޭނުންކޮށްފާނެކަން ޝާހު ގަބޫލުކުރޭ
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޝާހުރުކް ހާންގެ ދޮށީ ފިރިހެން ދަރި އާރްޔާން ހާން ވަނީ އިއްޔެގެ ވަގުތެއްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން އާރްޔާން އެންމެ ފުރަތަމަ ގެންދިޔައީ ސުވާލު ކުރާށެވެ. އެއީ މުމްބާއީގައި އޮތް ކުރޫޒްއެއް ބަލާ ފާސްކުރަން އެންސީބީން ގޮސް އެ ތަނުން މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައެވެ. އެ ކްރޫޒްގައި ރޭވް ޕާޓީއެއް ކުރިއަށް ދިޔައިރު އާރްޔާންގެ އިތުރުން އޭނާގެ ގިނަ ރައްޓެހިންތަކެއް އެ ކްރޫޒްގައި ތިއްބެވެ.
ސުވާލު ކުރަން އާރްޔާން އެންސީބީއަށް ގެންދިޔުމަށް ފަހު އޭނާ ހައްޔަރުކުރީ އޭގެ ދެތިން ގަޑިއިރެއް ފަހުންނެވެ. އޭނާއާ އެކު އަރްބާޒް މާޗެންޓްއާއި މުންމުން ދަމެޗާ ނަމަކަށް ކިޔާ އާރްޔާންގެ ދެ ރައްޓެހިން ވެސް ހައްޔަރުކުރިއެވެ. މިމައްސަލައިގައި އިތުރު 5 ކުއްޖަކު ވެސް ފަހުން ވަނީ ހައްޔަރުކޮށްފައެވެ.
މީގެ ކުރިން އިންޓަވިއުއެއްގެ ތެރެއިން އާރްޔާންއާ ގުޅޭގޮތުން ޝާހުއާ ސުވާލު ކުރުމުން އޭނާ ވަނީ އާރްޔާން މަސްތުވާތަކެތި ބޭނުންކޮށްފާނެކަން ގަބޫލު ކުރެވޭކަމަށް ބުނެފައެވެ. ޓީނޭޖުގައި ކޮންމެ ކުއްޖަކު ވެސް މަޖާކުރަން ބޭނުންވާނެ ކަމަށާއި ފިރިހެން ކުދިން އަންހެން ކުދިން ފަހަތުން "ދުވާނެ"ކަމަށް އަދި ޖިންސީ އެދުންވެސް ފުއްދާނެކަމަށް ގަބޫލު ކުރެވޭކަމަށް ޝާހު ބުންޏެވެ. އަދި މިކަންކަމަކީ އާރްޔާންގެ ފަރާތުން ވެސް ފެނިދާނެކަމަށް ގަބޫލުކުރެވޭ ކަންކަން ކަމަށް އޭނާ ބުންޏެވެ.
އާރްޔާންއަކީ "ސްޕޮއިލްޓް ސްޓާ ކިޑް"އެއްކަން ގަބޫލު ކުރާކަމަށް މީގެ ކުރިން އެކި ފަހަރުމަތިން ޝާހު އެއްބަސްވެފައި ވެއެވެ. އެހެން ކުދިންނަށް ނުލިބޭނެ އެތައް އުފަލަކާއި ތަނަވަސްކަން އާރްޔާންއަށް ލިބިފައިވާކަން ވެސް ޝާހު ގަބޫލު ކުރެއެވެ. އެހެންކަމުން އާރްޔާން ހައްޔަރުކުރުމަކީ ޝާހުއަށް ހައިރާންކަން ލިބުނު ކަމެއް ނޫނެވެ.
އާރްޔާން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިޔުމުން އާރްޔާންގެ ދިފާއީ ވަކީލެއްގެ ގޮތުގައި ދިޔައީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ވަކީލު ސަތީޝް މާންޝިންޑޭއެވެ. ކޯޓުން ވަނީ އާރްޔާން އެއް ދުވަހު ބަންދުގައި ބަހައްޓަން ހުކުމް ކޮށްފައެވެ.
މިމައްސަލައާ ގުޅިގެން ޝާހު މިހާރު ޝޫޓިންގެ މަސައްކަތް ކުރަމުންދާ ޔަޝް ރާޖް ފިލްމްސްގެ "ޕަތާން"ގެ މަސައްކަތް މަޑުޖައްސައިލާނެކަމަށް އޮތީ ބެލެވިފައެވެ. އެފިލްމުގެ ޝޫޓިންއަށް ސްޕެއިންއަށް ފުރަން ޝާހު ތައްޔާރުވެފައިވާއިރު މިޝޫޓިން ލަސްވެދާނެކަމަށް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.
އާރްޔާން ހައްޔަރު ކުރުމާ ގުޅިގެން އޭނާގެ ދިފާއުގައި ބޮލީވުޑްގެ ބައެއް ތަރިން ވަނީ ވާހަކަ ދައްކައިފައެވެ. އެގޮތުން އެކްޓަރު ސުނިލް ޝެއްޓީ ވަނީ އާރްޔާންއަކީ ކުޑަ ކުއްޖެއް ބުނެ އޭނާ ދޫކޮށްލަން އެދިފައެވެ.
މީގެ ކުރިން ވެސް ބޮލީވުޑް ބައެއް ތަރިންގެ މަސްތުވާތަކެތީގެ މައްސަލަތަކެއް ފެންމަތިވިއެވެ. އޭގެ ތެރޭގައި އެންމެ ނަންހިނގާ ތަރިން ވެސް ހިމެނެއެވެ. އެހެން ނަމަވެސް މިހާތަނަށް އައިއިރު އެއްވެސް ބޮލީވުޑް ތަރިއެއްގެ މައްޗަށް މައްސަލަ ސާބިތުވެފައެއް ނުވެއެވެ.
ނަމުގަ މުސްލިމުންނޭ ކިޔައިގެން އުޅޭ މީހުންނޯ… ދައްކާ މުޑުދާރު ވާހަކަ
މިމީހުންގެ މުއްސަނދި ކަމުގެ ވޭނުމަކީ ކޮބާ؟ ދަރިޔަކު ހެޔޮ ގޮތުގައި ތަރުބިއްޔަތު ނުކުރެވޭ. ޒަމާނާ ގުޅުވީމާ ނިމުނީ.
24 އަޙަރުގެ ކުޑަ ކުދިން ތިބޭތަ
ކުޑަ ކުއްޖެއްނަމަ އޮންނާނީ ގޭގަ.
މީ މުސްލިމުންތަ ނަމެއްގަ އެވެސް
ލަދެއް ވެސް ނުގަނޭ ފާހިޝް ކަން ބޮޑު ބައެއް މީ ހީވާކަހަލަ އާހިރަތެއް ވެސް ނުވެޔޭ މޮޑާން މުސްލިމެކޯލަ ޝާހް މީ ލޮލް އައި ހޭޓް ބޮލީވުޑް މުޅިން ވެސް މިފަދަ ހާލަތުގައި ގަރަގް ވެފަ
އަހަރެމެން އިންޑިޔާގެ ވާހަކަ ދައްކަން މުސްލިމު ދިވެހުތާއްޖެއިން ލަދެއް ނުގަނޭތަ؟؟
ތިތާއްޖޭގެ ކޮންމެ އާއިލާއެއްގައި މަސްތުވާ ތަކެއްޗަށް ދެވި ހިފާފައިވާ މީހަކު ނެތްތަ؟؟
ޒިނޭ ނުކުރާ މީހަކަށް ހުރީ ތި ރާއްޖޭގައި ކާކު؟
ދިވެހިން މިކަލަ މައުޟޫއަށް ވާހަކަ ދައްކަން ލަދުގަންނަންޖެހޭ!