ސައީދުގެ ރައްދު ނަސީމަށް: ހަތް އަހަރު ދުވަސް ވަންދެން ޓޫރިޒަމް ބޯއިކޮޓް ކުރި މީހުންނަށް މަހުޖަނުން ފެނިއްޖެ

ހަތް އަހަރު ދުވަސް ވަންދެން ރާއްޖޭގެ ޓޫރިޒަމް ބޯއިކޮޓް ކުރި ފަރާތްތަކަށް ކުއްލިއަކަށް މަހުޖަނުން ފެނިއްޖެކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު، ހެލްތު މިނިސްޓަރ އަހުމަދު ނަސީމް(ކެރަފާ ނަސީމް)އަށް ފާޑުވިދާޅުވެއްޖެއެވެ.
ސަޢީދު މިފަދައިން މި ވިދާޅުވީ، ޓޫރިޒަމް ތައާރަފުކުރުމުގެ މުގުލުގައި ތިއްބެވި މުއްސަނދިންނަށް ފާޑުކިޔުމަކީ ދިވެހިންގެ މެދުގައި އޮތް ގޯސް އާދައެއްކަމަށް ވިދާޅުވެ އެކަން ނުކުރެއްވުމަށް މިނިސްޓަރ ނަސީމް މިއަދު ގޮވާލެއްވުމާ ގުޅިގެންނެވެ.
ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވިތާ 50 އަހަރުފުރޭ ރަންޔޫބީލްގެ ކައުންޓްޑައުން ފެށުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ވާހަކަފުޅު ދައްކަވަމުން ނަސީމް ވަނީ ރާއްޖޭގައި ބުރަ މަސައްކަތް ކޮށްގެން ކާމިޔާބު ވެފައިވާ މީހުންނާ މެދު މީހުން ދެކޭ ގޮތް ބަދަލު ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.
ނަސީމްގެ އެ ވާހަކަތަކަށް ފާޑުވިދާޅުވެ، ކުރީގެ އިކޮނިމިކް މިނިސްޓަރުކަން ވެސް ކުރައްވައިފައިވާ ސަޢީދު ވިދާޅުވީ، މެދުނުކެނޑި ރާއްޖެ ބޮއިކޮޓްކޮށް ޓޫރިސްޓުން ނައުމަށް ޔޫރަޕްގައި ހިންގި 7 އަހަރުގެ ކެމްޕެއިންގައި އިސްދައުރެއް އަދާކުރި ފަރާތްތަކަށް ކުއްލި ގޮތަކަށް "މަހުޖަނުން" ފެނިއްޖެ ކަމަށެވެ. އަދި 2 ލެޕްޓޮޕާއި 1 ރިސޯޓުން ޤައުމު ހިންގޭނެކަން މިހާރު ޔަޤީންވީތޯ ވެސް މެންބަރު ސައީދު ސުވާލުކުރައްވައިފައި ވެއެވެ.
ރަނގަޅު ތިމީިހާލަދެއް ނީންނާނެ
މީގެކުރިން ޓްއަރިޒަމް ބޮއިކޮޓްކުރަން މުޅިދުނިޔެވަށާ ބުރުޖެހި އޭރު އެއްވެސް އެއްޗެއް ހިތަކަށް ނާރަނީތަ.